ރިސޯޓެއްގެ ވޯޓާ ވިލާއެއްގައި ރޯވެ، އަލިފާނުގެ ހާދިސާއެއް ހިނގައިފައެވެ.
އެނގިފައިވާ ގޮތުގައި އަލިފާން ރޯވެފައިވަނީ އދ. އެންއެޗް ކުޑަ ރަށް ރިސޯޓުގެ ވޯޓާ ވިލާއެއްގައެވެ. އެ ވިލާގައި އަލިފާން ރޯވެ އަނދަމުންދާ ވީޑިއޯއެއްވެސް ވަނީ އާއްމުވެފައެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ވިދާޅުވީ، އެ ހާދިސާގެ ރިޕޯޓު މިއަދު ހެނދުނު 11:52ގައި ލިބުމުން އެ ރިސޯޓަށް ދިއުމަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްގެ ފަޔާމަނުންގެ ޓީމެއް މިއަދު ހެނދުނު 11:05 މާލެއިން ފުރާފައިވާ ކަމަށެވެ.
އެ ރިސޯޓުގެ ވޯޓާ ވިލާގައި ރޯވީ ކީއްވެގެންކަމެއް އަދި ސާފެއް ނޫނެނެވެ.
"އިތުރު މައުލޫމާތު ލިބުނު ވަރަކުން ހިއްސާކުރަމުން ގެންދާނަން" އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ވިދާޅުވިއެވެ.
ކުޑަރަށް ރިސޯޓުގެ ފަޔާމަނުންގެ ޓީމެއްވެސް އަންނަނީ އަލިފާން ނިއްވުމަށް މަސައްކަތްކުރަމުންނެވެ.
އަލީ ޔާމިން
ބުރު ސްޕޯޓްސް ކްލަބް
ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު