ސޯލްޓް އެންޑް ސޭންޑްސް ޕްރައިވެޓް ލިމިޓެޑަށް 1.2 މިލިޔަން ފުރިޔާ ދެއްކުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ ސޯލްޓްއިން ވެމްކޯ އަށް ވިއްކާފައިވާ ތަކެއްޗަށް ދައްކަން ޖެހި ނުދައްކާ އޮތް 1.2 މިލިޔަން ރުފިޔާ އާއި އެ މައްސަލައިގައި ޝަރީއަތަށް ހުށަހަޅަން ޖެހުމުން ޝަރީއަތުގެ ހަރަދުގެ ގޮތުގައި ސޯލްޓް އިން ވަކީލަށް ހަރަދު ކުރަން ޖެހުނު 50،000 ރުފިޔާއާ އެކު ޖުމްލަ 1.3 މިލިޔަން ރުފިޔާ ވެމްކޯއިން ހޯދުމަށް ސޯލްޓް އިން ކުރި ދައުވާއެކެވެ.
މި މައްސަލައިގައި ކޯޓުގައި ވެމްކޯއިން ބުނެފައިވަނީ، ސޯލްޓަށް ދައްކަންޖެހޭ ކަމަށް ދައުވާގައި ބުނެފައިވާ 1.2 މިލިޔަން ރުފިޔާގެ ތެެރެއިން 115،428 ރުފިޔާއަކީ ދައްކާފައިވާ ފައިސާއެއް ކަމަށެވެ.
އެހެންކަމުން ސޯލްޓް އަށް ދައްކަން ޖެހޭނީ އެފަރާތުން ހޯދަން އެދުނު 1،280،920 ރުފިޔާގެ ތެރެއިން 115،428 އުނިކުރުމަށްފަހު ބާކީ އޮންނަ 1.1 މިލިޔަން ރުފިޔާކަަމަށް ވެސް ބުނެފައިވެއެވެ.
އެހެންކަމުން އެކަމާ ބެހޭ ލިޔެކިއުންތަކަށް ބަލައި، ވެމްކޯއިން ސޯލްޓްއަށް 115،428 ދައްކާފައިވާ ކަމަށް ސާބިތުވާތީ، ވެމްކޯއިން ދައްކަންޖެހޭ ފައިސާގެ އަދަދަކީ 1.1 މިލިޔަން ރުފިޔާކަަމށް ޝަރީއަތުން ކަނޑައެޅިއެވެ.
އެއާއެކު ޝަރީއަތުގެ ހަރަދުގެ ގޮތިގައި ސޯލްޓް އިން ވަކީލަށް ހަރަދު ކުރަން ޖެހުނު 50،000 ރުފިޔާއާ އެކު ޖުމްލަ 1.2 މިލިޔަން ރުފިޔާ 15 ދުވަހުގެ ތެރޭގައި ސޯލްޓް އަށް ދެއްކުމަށް ސިވިލް ކޯޓުން މިއަދު ވަނީ ހުކުމްކޮށްފައެވެ.
އިބްރާހިމް ޒަކީ
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު