ފުރަތަމަ ޓާމުގެ ސްކޫލް ޗުއްޓީއަށްފަހު ދެވަނަ ޓަމްގެ ކިޔެވުން މިއަދު ފަށައިފިއެވެ.

ދެވަނަ ޓާމުގެ ކިޔެވުން މިއަދު ފަށާފައި މިވަނީ 16 ދުވަހުގެ ޗުއްޓީއަކަށްފަހުއެވެ.

ފުރަތަމަ ޓާމުގެ ކިޔެވުން ނިންމައި ދަރިވަރުން ޗުއްޓީއަށް ގޮސްފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ.

ދިރާސާ ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ދެވަނަ ޓާމްގެ ކިޔެވުން ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެއެވެ. އަދި ދަރިވަރުންނަށް އަހަރުގެ ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރު 28 އިން އަންނަ އަހަރުގެ ޖެނުއަރީ 22 ވަނަ ދުވަހާ ހަމައަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި ޕްރީސްކޫލުން ފެށިގެން ގްރޭޑް 12 އާ ހަމަޔަށް، ރާއްޖޭގެ ސްކޫލުތަކުގައި 84،000 އަށްވުރެ ގިނަ ދަރިވަރުން މި އަހަރު ކިޔަވަމުން އެބަދެއެވެ. އަދި 6،516 ދިވެހި ޓީޗަރުންނާއި 1،843 ބިދޭސީ ޓީޗަރުން ސްކޫލްތަކުގައި މަސައްކަތް ކުރެއެވެ.