ދަރިވަރުންގެ މުސްތަގުބަލު ބިނާކުރަން، މަތީ ސާނަވީ އިމްތިހާނަކީ މުހިންމު މަރުހަލާއެއް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މިއަދު ފެށި، މި އަހަރުގެ މަތީ ސާނަވީ އިމްތިހާނުގައި ބައިވެރިވާ ދިވެހި ހުރިހާ ދަރިވަރުންނަށާއި އެ ކުދިންގެ އާއިލާތަކަށާއި މަދަރުސާތަކަށް، ވަރަށް ފުރިހަމަ ކާމިޔާބީއަކަށް އެދިވަޑައިގެންފައެވެ.
ރައީސްގެ ޕޯސްޓުގައި ވިދާޅުވީ، ދަރިވަރުންގެ މުސްތަގުބަލު ބިނާކުރުމުގައި އަދި ވަކީން ހާއްސަކޮށް، މަތީ ތައުލީމު އުނގެނޭނެ ދާއިރާއެއް ހިޔާރުކޮށް ކުރިއަށް ދިއުމުގައި، މަތީ ސާނަވީ އިމްތިހާނަކީ މުހިންމު މަރުހަލާއެއް ކަމަށެވެ.
"އިރާދަކުރެއްވިއްޔާ، މި އިމްތިހާނަށް ތައްޔާރުވުމަށް ތިޔަ ކުދީން ކުރި ބުރަ މަސައްކަތުގެ ފޮނިމޭވާ ލިބޭނެ" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މަތީ ސާނަވީ އިމްތިހާނުގައި ފަސޭހައިން މޮޅަށް ޖަވާބުދީ، އެންމެން ފަހުރުވެރިވާނެ ރަނގަޅު ނަތީޖާތަކެއް ދަރިވަރުން ގައުމަށް ހޯދައިދޭނެ ކަމަށް އެ މަނިކުފާނު އުންމީދު ކުރައްވާ ކަމަށެވެ.
މި އަހަރުގެ މަތީ ސާނަވީ އިމްތިހާނުގައި 53 ސެންޓަރަކުން 4973 ދަރިވަރުން އޭލެވެލް އިމްތިހާނު އަދި 2263 ދަރިވަރުން އެޗްއެސްސީ އިމްތިހާނު ހަދަން ވަނީ ހަމަޖެހިފައެވެ.
އޭލެވެލް އިމްތިހާނު މިއަދު ފަށާފައިވާއިރު، އެ އިމްތިހާނު ނިމޭނީ އަންނަ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހު އެވެ.
އަލީ ޔާމިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް