ދުއްވަމުން ދިޔަ ފުލުހުންގެ ސައިކަލެއްގައި ކާރަކުން ޖެއްސި މީހަކާއި ކާރުގައި އިން އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ރޭ ބުނީ ހުޅުމާލެގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް މަޑުކުރަން ބުނުމުން މަޑުނިކޮށް، ބާރު ސްޕީޑުގައި ފޭސް 1 އާއި 2 ގައި ދުއްވަމުން ދިއުމުން ފުލުހުން އެ ކާރު ފަހަތުން ދާން ފެށުމުން ކާރުން ޖައްސައި ފުލުހުންގެ ސައިކަލު ވައްޓާލާފައިވާ ކަމަށެވެ.
އެވަގުތު ފުލުހުންގެ ސައިކަލުގައި ތިބި ދެ ފުލުހުންގެ ތެރެއިން އެކަކަށް އަނިޔާވެގެން ހޮސްޕިޓަލުގައު ފަރުވާދެމުން އަންނަ ކަމަށެވެ. ލިބުނު އަނިޔާތަކުގެ ތަފްސީލް ހާމައެއް ނުކުރެ އެވެ.
އެ ކާރު ދުއްވަން އިން މީހާ އާއި ކާރުގައި ދެން އިން އަންހެން މީހާ ހައްޔަރުކޮށް ފުލުހުން މިހާރު އެ ސީންގައި ހަރަކާތްތެރިވަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.
އާއިޝަތު މާހާ
ހައްޖު ކޯޕަރޭޝަން
ރިޕޯޓް