ގދ. ތިނަދޫގައި އިންޑަސްޓްރިއަލް ޒޯނަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ދަށުން ބްރިޖުގެ ރިޓެއިނިން ވޯލް އެޅުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން މިއަދު ބުނެފިއެވެ.
ހައުސިން މިނިސްޓްރީން ތިނަދޫ ބިން ހިއްކަން އެމްޓީސީސީއަށް ހަވާލުކުރީ 2022 ޖެނުއަރީގައެވެ.
ތިނަދޫ އިންޑަސްޓްރިއަލް ޒޯނުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް ފެށީ ދޭއް ނޮވެމްބަރު 2022 ގައެވެ.
ތިނަދޫ ބިން ހިއްކުމަށް އެމްޓީސީސީއާ ހަވާލުކުރީ 660 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. އެ މަޝްރޫއަށް 125 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެއެވެ.
އެ މަޝްރޫއުގެ ދަށުން ކުރުމަށް ނިންމާފައިވާ މަސައްކަތް:
- 10.6 ހެކްޓަރުގެ ބިން ހިއްކުން.
- 1521 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން.
- 555 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށިލުން.
- 166 މީޓަރުގެ ޝީޓް ޕައިލް މަސައްކަތް.
- 4492 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުންބޮލާރޑާއި ފެންޑަރާއި ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުން
ފާތިމަތު ލިއުޝާ
ގދ. ތިނަދޫ
ގދ. ތިނަދޫ
ގދ. ތިނަދޫ