ދީމާވި މައްސަލަ ހައްލުކޮށް މާލެ އާއި ހުޅުމާލެއަށް ކަރަންޓު ދީފިއެވެ.

މުޅި މާލެ އާއި ހުޅުމާލެއިން ކަރަންޓް ކެނޑިފައިވަނީ 9:30 ހާއިރެވެ.

ސްޓެލްކޯއިން ދެންމެ ބުނީ ކަރަންޓުގެ ހިދުމަތް މެދުކެނޑެން ދިމާވި މައްސަލަ ހައްލުކޮށް، މާލެ އާއި ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް މިހާރު އަލުން ކަރަންޓު ދީފައިވާ ކަމަށެވެ.

ހިދުމަތް ނުލިބޭ ނަމަ، ސްޓެލްކޯގެ ހޮޓްލައިން 104 އަށް ގުޅުމަށް ވަނީ އެދިފައެވެ.

ދިމާވި ދަތިތަކަށް ހުރިހާ ކަސްޓަމަރުންގެ ކިބައިން ސްޓެލްކޯއިން ވަނީ މައާފަށް އެދިފައެވެ.

މިއީ މި އަހަރުގެ ތެރޭގައި މުޅި މާލެ އިން ކަރަންޓު ކެނޑުނު ދެވަނަ ފަހަރެވެ.