ޗެލްސީގެ ސެންޓަ ބެކް، ލެވީ ކޮލްވިލްއަށް ބޮޑު އަނިޔާއެއްވެ، ކުރިއަށް އޮތް ސީޒަނުގެ ބޮޑު ބައެއް ގެއްލޭނެ ކަމަށް ކްލަބުން ބުނެފިއެވެ.
ކޮލްވިލްއަށް ލިބިފައިވަނީ ކަކުލުގެ އޭސީއެލް އަނިޔާއެކެވެ. އުމުރުން 22 އަހަރުގެ ޑިފެންޑަރާ ގުޅޭ ގޮތުން ކްލަބުން ބުނީ މިހާރު އޭނާ ސާޖަރީ ފުރިހަމަކޮށްފައިވާ ކަމަށާއި، ރިކަވަރީގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށެވެ.
ކަކުލުގެ އޭސީއެލް އަނިޔާއަކުން ރިކަވާވުމަށް އާއްމުކޮށް ހަ މަހާއި ނުވަ މަހުގެ މުއްދަތެއް ނަގައެވެ. އެހެންކަމުން ކޮލްވިލްއަށް އަންނަ ސީޒަނުގެ ބޮޑުބައެއް ގެއްލޭނެ ކަމަށް ބެލެވެއެވެ. އެއީ ޗެލްސީއަށް ލިބިގެންދާނެ ބޮޑު ގެއްލުމެކެވެ.
މިދިޔަ ސީޒަނުގައި ކޮލްވިލް ވަނީ ޗެލްސީއަށް 43 މެޗު ކުޅެދީފައެވެ. އެގޮތުން ކްލަބު ވޯލްޑް ކަޕް އެ ކްލަބަށް ހޯދައިދިނުމުގައިވެސް ކޮލްވިލް ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.
ކޮލްވިލްއަށް އަނިޔާވެފައިވަނީ މިދިޔަ ހަފުތާ ތަމްރީނުތަކުގެ ތެރެއިންނެވެ. ޗެލްސީން ކްލަބު ވޯލްޑް ކަޕަށްފަހު ބޮޑު ބްރޭކެއް ނަގާފައިވާ އިރު، އެ ޓީމުން ޕްރި ސީޒަން ފެށީވެސް މިދިޔަ ހަފުތާ ތެރޭގައެވެ.
ޗެލްސީ
ޗެލްސީ
ޗެލްސީ
ޗެލްސީ