ސްޓެލްކޯގެ ކޭބަލްއެއް ބުރިކޮށްލި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ އެ މައްސަލައަކީ ރޭ 9:46 ހާއިރު ފަރީދީ މަގު ގަޑިބުރު ކައިރީގައި ހުރި ސްޓެލްކޯގެ ސަބްސްޓޭޝަން ތެރެއަށް ބަޔަކު ވަދެ ކޭބަލް ބުރިކުރި މައްސަލައެއް ކަމަށެވެ.
ސްޓެލްކޯގެ ސަބްސްޓޭޝަން ތެރެއަށް ވަދެ ކޭބަލް ބުރިކުރި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މީގެ ކުރިން ވަނީ ސްޓެލްކޯގެ ސަބްސްޓޭޝަންތަކުގެ ތެރެއަށް ވަދެ، ޓްރާންސްފޯމަރުތައް ވަގަށް ނެގުމުގެ މައްސަލަތައް ވެސް އިތުރުވެފައެވެ. އެ މައްސަލަތަކުގައި ފުލުހުން ވަނީ ބައެއް މީހުން ހައްޔަރު ވެސް ކޮށްފައެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް