ހަތް އަތޮޅެއްގެ 11 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަން ހަވާލުކޮށްފިއެވެ.

ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި 11 ރަށުގެ މަގުތައް ތަރައްގީކުރަން ހަވާލުކުރީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދެވެ. އާރުޑީސީގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމެވެ.

މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަން އާރުޑީސީއާ ހަވާލުކުރި 11 ރަށް، މަޝްރޫއުތަކުގެ އަގު އަދި ނިންމަން ދީފައިވާ މުއްދަތު:

  • ތ. ގުރައިދޫގެ މައި މަގުތައް - ހަވާލުކުރީ 74,476,484.16 (74.4 މިލިއަން) ރުފިޔާއަށް، 730 ދުވަހުގެ ތެރޭގައި ނިންމުމަށް.
  • ތ. ކިނބިދޫ މަގުތައް ތަރައްގީކުރުން - ހަވާލުކުރީ 79,594,101.36 (79.5 މިލިއަން) ރުފިޔާއަށް، 730 ދުވަހުގެ ތެރޭގައި ނިންމުމަށް.
  • ތ. ހިރިލަންދޫ މަގުތައް ތަރައްގީކުރުން - ހަވާލުކުރީ 70,506,326.88 (70.5 މިލިއަން) ރުފިޔާއަށް، 730 ދުވަހުގެ ތެރޭގައި ނިންމުމަށް.
  • މ. މުލި މަގުތައް ތަރައްގީކުރުން - ހަވާލުކުރީ 85,029,368.76 (85 މިލިއަން) ރުފިޔާއަށް، 730 ދުވަހުގެ ތެރޭގައި ނިންމުމަށް.
  • ހދ. ނޮޅިވަރަންފަރު މަގުތައް ތަރައްގީކުރުން - ހަވާލުކުރީ 101,210,710.68 (101.2 މިލިއަން) ރުފިޔާއަށް، 730 ދުވަހުގެ ތެރޭގައި ނިންމުމަށް.
  • ހދ. ފިނޭ މަގުތައް ތަރައްގީކުރުން - ހަވާލުކުރީ 65,576,137.68 (65.5 މިލިއަން) ރުފިޔާއަށް، 730 ދުވަހުގެ ތެރޭގައި ނިންމުމަށް.
  • ބ. ތުޅާދޫ މަގުތައް ތަރައްގީކުރުން - ހަވާލުކުރީ 70,981,327.08 (70.9 މިލިއަން) ރުފިޔާއަށް، 730 ދުވަހުގެ ތެރޭގައި ނިންމުމަށް.
  • ބ. ކުޑަރިކިލު މަގުތައް ތަރައްގީކުރުން - ހަވާލުކުރީ 53,537,331.24 (53.5 މިލިއަން) ރުފިޔާއަށް، 730 ދުވަހުގެ ތެރޭގައި ނިންމުމަށް.
  • ހއ. ތުރާކުނު މަގުތައް ތަރައްގީކުރުން - ހަވާލުކުރީ 65,547,695.88 (65.5 މިލިއަން) ރުފިޔާއަށް، 730 ދުވަހުގެ ތެރޭގައި ނިންމުމަށް.
  • ށ. މަރޮށި މަގުތައް ތަރައްގީކުރުން - ހަވާލުކުރީ 60,295,350.24 (60.2 މިލިއަން) ރުފިޔާއަށް، 730 ދުވަހުގެ ތެރޭގައި ނިންމުމަށް.
  • ނ. މާފަރު މަގުތައް ތަރައްގީކުރުން - ހަވާލުކުރީ 116,011,768.32 (116 މިލިއަން) ރުފިޔާއަށް، 730 ދުވަހުގެ ތެރޭގައި ނިންމުމަށް.