އިންޑިއާއިން ރަޝިޔާގެ ތެޔޮ ގަންނާތީ އަދަބު ދިނުމުގެ ގޮތުން އިތުރު 25 ޕަސެންޓް ނަގަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފިއެވެ.
އެމެރިކާއަށް އެތެރެކުރާ ބޭރު ގައުމުތަކުގެ މުދަލުން ޓެރިފް ނެގުމަށް އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އާ ޕޮލިސީގެ ދަށުން އެކި ގައުމުތަކުގެ މުދަލުން ޓެރިފް ނަގަން ފަށާފައިވާ އިރު އެ ޓެރިފަށް ބޮޑު އަދަދުން ބަދަލު ގެންނަން ވަނީ ފަށައިފައެވެ.
އެމެރިކާ އާއި ޑިޕްލޮމެޓިކް އެންމެ ބޮޑު ގުޅުމެއް އޮންނަ އިންޑިއާއިން އެގައުމަށް އެތެރެކުރާ މުދަލުން ނަގާ ޓެރިފް މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ވަނީ 25 ޕަސެންޓަށް ބޮޑުކޮށް ނަގަން ފަށައިފައެެވެ.
އެމެރިކާއިން އިންޑިއާގެ މުދަލުން ނަގާ ޓެރިފްގެ ކަންކަމުގައި ބަހުގެ ހަމަލާތަކެއް ދެ ގައުމުން ވެސް ބަދަލުކުރަމުން ދަނިކޮށް ޓްރަމްޕް ވަނީ އިންޑިއާއިން ރަޝިޔާގެ ތެޔޮ ގަންނަ މައްސަލަ ފެންމަތި ކުރައްވައިފައެވެ.
އިންޑިއާއިން ރަޝިޔާ ތެޔޮ ގަންނަ މައްސަލައިގައި ހިތްހަމަ ނުޖެހުން ޓްރަމްޕް ފާޅުކުރައްވާފައިވާ އިރު، އިންޑިއާ މުދަލުން ނަގާ ޓެރިފް އަނެއްކާ ވެސް މިވަނީ ބޮޑުކޮށްފައެވެ. އެގޮތުން މިމަހު އެއްވަނަ ދުވަހު ނަގަން ފެށި 25 ޕަސެންޓްގެ އިތުރަށް އިތުރު 25 ޕަސެންޓް ނަގަން ނިންމުމުން މިހާރު އިންޑިއާގެ މުދާ އެމެރިކާއަށް އެތެރެކުރުމަށް 50 ޕަސެންޓް ޓެރިފް ދައްކަން ޖެހޭނެއެވެ.
އިއްޔެ އިން ފެށިގެން 21 ދުހަސް ފަހުން އެގޮތައް އަމަލުކޮށް 50 ޕަސެންޓަށް ޓެރިފް ބޮޑުކުރި ކުރުމަށް އަމަލު ކުރުމަށް އެމެރިކާއިން ވަނީ ނިންމައިފައެވެ.
މުހައްމަދު އައުޒަމް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު