އެޕަލްއިން އެމެރިކާގައި 100 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓު ކުރަން ނިންމައިފިއެވެ.

އެޕަލްއިން އުފައްދާ މުދާ އެމެރިކާގައި އުފެއްދުމަށް އެމެރިކާގައި އެޕަލްގެ އޮޕަރޭޝަން ފުޅާކުރުމަށް ނިންމާފައިވާ އިރު، އެއީ 100 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެކެވެ.

އެޕަލް އިން އެމެރިކާގައި އިންވެސްޓުކުރުމަށް ނިންމާފައިވާ ކަމަށް އެގައުމުގެ ރައީސް ޑޮނަލްޑް ޓަރަމްޕް ރަސްމީކޮށް އިއުލާން ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވައިޓްހައުސް އިން އިއްޔެ ހާމަކޮށްފައިވެއެވެ.

ވައިޓްހައުސްގެ ތަރުޖަމާނު ޓޭލާ ރޮޖާސް ނެރުނު ބަޔާނެއްގައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެމެރިކާ ފަސްޓް އިކޮނޮމިކް އެޖެންޑާގެ ދަށުން އެގައުމުގައި ވިޔަފާރިތައް ކުރިއަރުވައި ބޭރުން އެތެރެކުރާ މުދަލުން ޓެކްސްނަގައި އެގައުމުގެ އިގުތިސޯދު އިތުރަށް ކުރިއެރުމުވަށް ނިންމާފައިވާ ކަމަށް ފާހަގަކޮށްފައެވެ.

އެޕަލް އިން އެމެރިކާގެ ބޭރުގައި ހުންނަ ފެކްޓްރީތަކުން އުފައްދާ އުފެއްދުންތައް އެމެރިކާގެ މާކެޓަށް ވިއްކުމަށް އެގައުމަށް އެތެރެކުރާނަމަ ބޮޑު ޓެރިފެއް ދައްކަން ޖެހެއެވެ. އެހެން ކަމުން އެކުންފުނިން ވަނީ އެމެރިކާގައި އުފެއްދުން ތައް އުފެއްދުމަށް ނިންމައި މަސައްކަތް ފަށައިފައެވެ.

އެމެރިކާއަށް ކުރާ އިންވެސްޓުމަންޓުގައި އެޕަލް އިން އެމެރިކާގެ ކުންފުނިތައް މެދުވެރިކޮށް ޕްރޮޑަކްޓްތައް އުފެއްދުމަށް ވެސް މަސައްކަތް ކުރާނެ ކަމަށް އެކުންފުނިން ބުނެއެވެ.

އެޕަލް އިން މިއަހަރުގެ ކުރީކޮޅު ވަނީ އެމެރިކާގައި އެކުންފުނީގެ އޮޕަރޭޝަން ފެށުމަށް 500 ބިލިއަން އެމެރިކާ ޑޮލަރު ހޭދަކުރާނެކަން އިއުލާން ކޮށްފައެވެ.