ހުޅުމާލެ ފޭސް އެކެއްގައި އެސްޓީއޯގެ އިތުރު ފާމަސީއެއް ހުޅުވައިފިއެވެ.
އެސްޓީއޯއިން މިއަދު ބުނީ އެސްޓީއޯއިން ހުޅުމާލޭގައި ހުޅުވި "އެސްޓީއޯ ފާމަސީ ސެންޓްރަލް" ގެ ހިދުމަތް އިއްޔެއިން ފެށިގެން ރައްޔިތުންނަށް ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ.
އެ ފާމަސީއަކީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް 2024 ވަނަ އަހަރުގެ އާންމު ޖަލްސާގައި ވިދާޅުވި ގޮތަށް، ކުރިން އެސްޓީއޯ ސްމާޓް ސްޓޯ ހުޅުމާލޭ ހުވަނދުމާ ހިނގުމުގައި ކުރިއަށްގެންދިޔަ ތަނުގައި ގާއިމކޮށްފައިވާ، ހުޅުމާލެ ހޮސްޕިޓަލް ކައިރި ފާމަސީއެކެވެ.
އެ ފާމަސީ ހުޅުވުމުގެ މައިގަނޑު މަގުސަދަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އެސްޓީއޯގެ ސިއްހީ ހިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ. އެސްޓީއޯގެ އެހެނިހެން ފާމަސީތަކެކޭ އެއްފަދައިން، އެ ފާމަސީން ބޭސް އަދި މެޑިކަލް ކޮންސިއުމަބަލްސްގެ އިތުރުން، ނެޕީ، ކޮސްމެޓިކްސް އަދި ނެބިއުލައިޒާ ފަދަ ތަކެތި ވިއްކުމުގެ ހިދުމަތް ފޯރުކޮށްދެއެވެ.
އެތަން ހުޅުވާފައި ހުންނަނީ ކޮންމެ ދުވަހަކު ހެނދުނު 8:00 އިން މެންދަމު 12:00 އާ ހަމައަށެވެ. އަދި ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ހިދުމަތް ދިނުމަށް ނަގުދު ފައިސާގެ އިތުރުން ކާޑުން ފައިސާ ދެއްކުމުގެ ހިދުމަތާއި، އާސަންދަ އަދި އެހެނިހެން އިންޝުއަރެންސް ޕްލޭންތަކުގެ ހިދުމަތްވެސް ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.
ފާތިމަތު ލިއުޝާ
އެސްޓީއޯ
އެސްޓީއޯ
އެސްޓީއޯ
އެސްޓީއޯ