ލ. ގަމު ޒޯން ސްޓޭޑިއަމްގައި މިހާރު ކުރިއަށްދާ ލާމަސީލު ލާމު، ލ. އަތޮޅު ފުޓުބޯޅަ މުބާރާތުގެ ގްރޫޕް އޭގައި އިއްޔެ ކުޅުނު މެޗުގައި ދަނބިދޫ ޔޫތު އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް (ޑައިސް) އިން ކިއުއެމް ސްޕޯޓްސް ބަލިކޮށްފިއެވެ.
އިއްޔެ ހަވީރު ލ. ގަމު ޒޯން ސްޓޭޑިއަމްގައި ކުޅުނު މެޗަކީ ދެޓީމުންވެސް ގްރޫޕް ސްޓޭޖުގައި ކުޅުނު ދެވަނަ މެޗެވެ. މެޗަށް ނުކުތް އިރު، ދެޓީމުވެސް އޮތީ ފުރަތަމަ މެޗުން ބަލިވެފައެވެ.
މޮޅެއް ހޯދުމަށް ދެޓީމަށްވެސް މުހިއްމުވެފައި އޮތް މެޗުގައި ޑައިސްއިން ކިއުއެމް ބަލިކޮށްފައި ވަނީ 7-2 ގެ ނަތީޖާއަކުންނެވެ.
ޑައިސްއިން މުހިއްމު ތިން ޕޮއިންޓް ހޯދާފައިވާ އިރު، މިހާތަނަށް ކުޅުނު ދެމެޗުންވެސް ބަލިވެ، ކިއުއެމްއަށް ވަނީ ސެމީ ފައިނަލުގެ ފުރުސަތު ހަނިވެފައެވެ.
އިއްޔެގެ މެޗުގައި ޑައިސްގެ ގޯލުތައް ޖެހީ އަހުމަދު ރުވާއުއާއި ނަޝާހު އަހުމަދުގެ އިތުރުން އަލީ އިރުފާުދު، އަލީ ސިމާއު އަދި މޫސާ ހާނިމްއެވެ. ރުވާއުއާއި އިރުފާދު ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖަހައިފައެވެ. ކިއުއެމްގެ ގޯލުތައް ޖެހީ އަހުމަދު އަލްތޯފް އަޒީމާއި އަހުމަދު އަފްސާނެވެ.
މިފަހަރުގެ ލ. އަތޮޅު މުބާރާތަކީ މިއަހަރު ބާއްވަން ތާވަލުކޮށްފައިވާ ގޯލްޑް ކަޕް 2025 ގެ ކޮލިފިކޭޝަން މުބާރާތެކެވެ. ގޯލްޑް ކަޕުގެ ކޮލިފިކޭޝަން އިއްޔެ ލ. އަތޮޅުން ފެށި އިރު، މުބާރާތް ކާމިޔާބުކުރީ ކްލަބު ނިސްބަތްވާ ރަށަކަށް ގޯލްޑް ކަޕުން ފުރުސަތު ދޭން ވަނީ ނިންމައިފައެވެ.
ގްރޫޕް ސްޓޭޖުގެ އިތުރު މެޗެއް މިއަދު އޮންނަ އިރު، އެމެޗުގައި އައިލެންޑް ޔޫތު ޔުނައިޓެޑުން ނުކުންނާނީ ގޯޅި ސްޕޯޓްސްއާ ދެކޮޅަށެވެ.
ލ. އަތޮޅު ފުޓުބޯޅަ މުބާރާތް
ލ. އަތޮޅު ފުޓުބޯޅަ މުބާރާތް
ލ. އަތޮޅު ފުޓުބޯޅަ މުބާރާތް
ލ. އަތޮޅު ފުޓުބޯޅަ މުބާރާތް