ކަނޑު އުޅަނދުތަކުގެ ހަރަކާތްތައް މޮނިޓާ ކުރެވޭނެ ނިޒާމެއް މޯލްޑިވްސް އިމިގްރޭޝަންއިން ގާއިމުކޮށް، އެ ނިޒާމު ބޭނުން ކުރަން ފަށައިފިއެވެ.
އިމިގްރޭޝަންއިން އިއްޔެ އެކްސްގައި އާންމުކުރި ވީޑިއޯއެއްގައި ބުނީ ކަނޑު އުޅަނދުތަކުގެ ހަރަކާތްތައް މޮނިޓާ ކުރަން ގާއިމު ކުރި ނިޒާމަކީ ޔުނިވާސަލް އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމް (ޔޫއޭއައިއެސް) ކަމަށެވެ.
ޔޫއޭއައިއެސް ނިޒާމް މެދުވެރިކޮށް މާލެ ޕޯޓު ސަރަހައްދުން ފެށިގެން 30 ނޯޓިކަލް މޭލު ސަރަހައްދުގައި ދުއްވާ އެންމެހައި ކަނޑު އުޅަނދުފަހަރުގެ ހަރަކާތްތައް ރިއަލްޓައިމްކޮށް ދެނެގަތުމުގެ ގާބިލުކަން ލިބިގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން ބުނީ ޔޫއޭއައިއެސް ނިޒާމަކީ ޒަމާނީ އެންމެ ފަހުގެ ޓެކްނޮލޮޖީއެއް ކަމަށާއި އެ ނިޒާމަކީ ބައިނަލްއަގްވާމީ ފެންވަރުގެ ޕޯޓުތަކުގައި ވެސް އެތަންތަނުގެ ހިންގުން ހަރުދަނާ ކުރުމަށާއި ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް ބޭނުންކުރަމުން އަންނަ ނިޒާމެއް ކަމަށެވެ.
އަދި ބުނީ އެ ނިޒާމުގެ ސަބަބުން ސީޕޯޓު ޑިވިޝަނުން ދޭ ކްލިއަރެންސްތައް އިތުރަށް ހަލުވިވެެ، ހިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށެވެ.
މުހައްމަދު އިޝާން
މޯލްޑިވްސް އިމިގްރޭޝަން
މޯލްޑިވްސް އިމިގްރޭޝަން
މޯލްޑިވްސް އިމިގްރޭޝަން
މޯލްޑިވްސް އިމިގްރޭޝަން