ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ހާފިޒުންގެ އެލަވަންސް 4000 ރުފިޔާއަށް ބޮޑުކޮށްފިއެވެ.
ހާފިޒުންނަށް ސަރުކާރުން ދޭ އެލަވަންސް 2000 ރުފިޔާއިން 4000 ރުފިޔާއަށް ބޮޑުކުރަން ވަޒީރުންގެ މަޖިލީހުން ނިންމައިފައިވަނީ މިއަހަރުގެ ޖޫން 24 ގައެވެ.
ކީރިތި ގުރުއާން ހިތުދަސްކުރަން ހިތްވަރު ދިނުމުގެ ގޮތުން ޖުލައި މަހުން ފެށިގެން 2000 ރުފިޔާއިން 4000 ރުފިޔާއަށް ހާފިޒުންގެ އެލަވަންސް ބޮޑުކުރަން ރައީސް ނިންމެވި ގޮތަށް މިހާރު ވަނީ އެ އެލަވަންސް ބޮޑުކޮށްފައެވެ.
އިސްލާމިކް މިނިސްޓްރީ މީޑިއާއިން މިރޭ ބުނީ ސަރުކާރުން ދެމުންދިޔަ 2000 ރުފިޔާގެ އެލަވަންސް، 4000 ރުފިޔާއަށް ބަދަލުކޮށް، މިއަދު ހާފިޒުންނަށް އެލަވަންސް ޖަމާކޮށްފައިވާ ކަމަށެވެ.
ރައީސް މީގެ ކުރިން ވިދާޅުވެފައިވަނީ، ހާފިޒުން ތަމްރީނުކުރުމާއި ހާފިޒުންނަށް ދޭ އަހައްމިއްޔަތުކަން އިތުރުކުރުމަކީ ކީރިތި ގުރުއާނަށް އޮންނަ ލޯބި އިތުރުކުރުމުގައި ނުހަނު މުހިންމު ކަމެއް ކަމަށެވެ.
މިއަހަރުގެ މާޗް 27 ގެ ނިޔަލަށް ސަނަދު ހާސިލުކޮށް ދަސްވެނިވި 24 ހާފިޒުންގެ ތެރެއިން 22 ހާފިޒުންނަކީ އުމުރުން 18 އަހަރުން ދަށުގެ ހާފިޒުންނެވެ. އޭގެ ތެރެއިން ގިނަ ހާފިޒުންނަކީ މިއަހަރުގެ ރަމަޟާން މަހުގައި އެކި މިސްކިތްތަކުގެ ތަރާވީސް ނަމާދުގެ އިމާމުންނެވެ.
ފާތިމަތު ލިއުޝާ
ކީރިތި ޤުރްއާން
ކީރިތި ޤުރްއާން
ކީރިތި ޤުރްއާން
ކީރިތި ޤުރްއާން