ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު އަސްބާހު އަލީ، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރައްވައިފިއެވެ.
އެޗްޑީސީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ މިސްބާހު އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރެއްވުމުން މަރުހަބާ ދަންނަވައިފިއެވެ.
މިސްބާހު، އާރްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އޭނާ އެ މަގާމަށް އައްޔަންކުރައްވާފައިވަނީ 2023 ވަނަ އަހަރުގެ ތެރޭގައެވެ.
އާރްޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަލީ ޒުހައިރު ވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަށް މިދިޔަ ޖުލައިމަހުގެ 30 ވަނަ ދުވަހު އައްޔަންކުރައްވައިފައެވެ. އާރްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޒުހައިރު އައްޔަންކުރައްވާފައިވަނީ 2023 ވަނަ އަހަރުގެ ތެރޭގައެވެ. އޭނާއަކީ ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލްއެކެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މައުރޫފު ޖަމީލު މިދިޔަ ބުދަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މުހައްމަދު އިޝާން
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ