ކެފޭ/ރެސްޓޯރެންޓުތަކާއި އެކޮމޮޑޭޝަން ހިދުމަތްތަކުގެ އަގު ވަރަށް ބޮޑުތަނުން މައްޗަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބުނެފިއެވެ.
އެމްއެމްއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ރެސްޓޯރެންޓްތަކުގެ އަގުތަކާއި ކުލީގެ އަގުތައް ހުރީ 29.5 ޕަސެންޓުގައެވެ. އަދި ދެވަނަ ކުއާޓާގައި އިންފްލޭޝަން ހުރީ 29.4 ޕަސެންޓުގައި ކަމަށް އެމްއެމްއޭއިން ބުންޏެވެ.
ތަފާސްހިސާބުތަކަށް ހަވާލާދީ އެމްއެމްއޭއިން ފާހަގަކޮށްފައިވާ ގޮތުގައި އެއީ މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހަށް ވުރެ 40 ގުނަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހުގެ އެ ދާއިރާތަކުގެ އިންފްލޭޝަން ހުރީ 0.7 ޕަސެންޓުގައި ކަމަށް އެމްއެމްއޭއިން ބުންޏެވެ.
ރާއްޖޭގެ އިންފްލޭޝަން މިއަހަރުގެ ޖޫން މަސް ނިމުނު އިރު އިންފްލޭޝަން ހުރީ 3.8 ޕަސެންޓުގައި ކަމަށް އެމްއެމްއޭއިން ބުންޏެވެ.
މުހައްމަދު އިޝާން
އެމްއެމްއޭ
އެމްއެމްއޭ
އެމްއެމްއޭ
އެމްއެމްއޭ