އުރީދޫގެ އަހަރީ ދުވަހާ ގުޅުވައިގެން ކަސްޓަމަރުންނަށް ހާއްސަ އޮފާތަކެއް ތައާރަފުކޮށްފިއެވެ.

ރާއްޖޭގެ މުއާސަލާތީ ދާއިރާ ބަދަލުކޮށް ކުރިއަށް ގެންދިއުމުގެ މަސައްކަތުގައި އުރީދޫ މޯލްޑިވްސް ރާއްޖޭގައި ހަރަކާތްތެރިވާން ފެށިތާ އިއްޔެ ވަނީ 20 އަހަރު ފުރިފައެވެ.

އުރީދޫން ބުނީ އެ އުފާވެރި މުނާސަބަތުގައި އުރީދޫގެ ކަސްޓަމަރުންނަށް ހާއްސަ އޮފާތަކެއް ފަށާފައިވާ ކަމަށެވެ.

އުރީދޫން ހުޅުވާލާފައިވާ އޮފާތަަކުގެ ތެރޭގައި ލިވް އަންލިމިޓެޑް ކެމްޕެއިން، 20 ޕަސެންޓް ބޯނަސް ޑޭޓާ އަދި ސްޕިން ދަ ވީލް އެންޑް ވިން ހިމެނެއެވެ.

ލިވް އަންލިމިޓެޑް ކެމްޕެއިން

އުރީދޫ މޯލްޑިވްސްގެ 20 އަހަރު ފާހަގަކުރުމުގެ ގޮތުން މިދިޔަ އެޕްރީލް މަހު ވަނީ ލިވް އަންލިމިޓަޑް ކެމްޕެއިން ފަށައިފައެވެ. އެ ކެމްޕެއިންގެ ދަށުން އުރީދޫގެ ކޮންމެ ހިދުމަތަކަށް 250 ރުފިޔާ ނުވަތަ އެއަށްވުރެ ބޮޑު ހޭދައެއް ކުރާ ކަސްޓަމަރުންގެ މެދުގައި ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ލިބޭ ލަކީޑްރޯއެއް ނެގިގެންދާނެއެވެ.

އޭގެ ތެރެއިން 19 ނަސީބުވެރިއަކަށް އުމްރާ ދަތުރެއް ދިނުމަށް ހަމަޖެހިފައިވާ އިރު، 20 ވަނަ އަދި އެންމެ ފަހު ނަސީބުވެރިޔާއަށް ގްރޭންޑް ޕްރައިޒްގެ ގޮތުގައި ދެ މީހަކަށް ހައްޖު ދަތުރެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

20 ޕަސެންޓް ބޯނަސް ޑޭޓާ

މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ކަސްޓަމަރުންނަށް ވަކި ޑޭޓާ ޕެކްތަކުން 20 ޕަސެންޓާ ހަމައަށް ބޯނަސް ލިބޭނެއެވެ. އެ ބޯނަސް ޑޭޓާ ހަތަރު ހަފުތާއަށް ބޭނުންކުރެވޭނެއެވެ.

ސްޕިން ދަ ވީލް އެންޑް ވިން

މިމަހުގެ ފުރަތަމަ ތިން ދުވަހު ކަސްޓަމަރުންނަށް މައި އުރީދޫ އެޕްގައިވާ "ސްޕިން ދަ ވީލް" ފީޗާގައި ނަސީބު ޓްރައިކޮށް ސަޅި އޮފާތައް އަންލޮކް ކުރެވޭނެއެވެ.

ސްޕިން ދަ ވީލް އެންޑް ވިން

މިމަހުގެ ތެރޭގައި އެމްފައިސާ މެދުވެރިކޮށް ފުޑީސް އޯޑަރުތަކަށް ފައިސާ ދައްކާ ކަސްޓަމަރުންނަށް 'ފުޑީސް' އިން ދެން އަންނަ އޯޑަރުން ފަސް ޕަސެންޓުގެ ޑިސްކައުންޓެއް ލިބިގެންދާނެއެވެ.