ރައީސް ޑރ. މުހައްމަދު މުއިއްޒު އަވަހާރަކޮށްލާނެ ކަމަށް ބުނެ އިންޒާރުދިން މައްސަލައިގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ މީހާގެ ބަންދަށް 10 ދުވަސް ކުރިމިނަލް ކޯޓުން ޖަހައިފިއެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ތ. ތިމަރަފުށީ މަސީހު މޫސާ، (25އ) އެވެ. ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
ފުލުހުން މިރޭ ބުނޫ މަސީހު މޫސާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 10 ދުވަސް ޖަހައިދީފައިވާ ކަމަށެވެ.
މަސީހު މޫސާ ރައީސްއަށް މަރުގެ އިންޒާރު ދީފައިވަނީ ފޭސްބުކް މެދުވެރިކޮށް އޭނާ ލިޔުނު ޕޯސްޓެއްގައެވެ. އޭނާ އެ ޕޯސްޓު ލިޔެފައިވަނީ، މަސްތުވާތަކެތި އެތެރެކުރާ މީހުންނާއި ވިއްކާ މީހުންނަށް މަރުގެ އަދަބު ދޭން މަޝްވަރާކުރުމަށް ރައީސް އެންގެވި ހަބަރެއް ޝެއާ ކުރަމުންނެވެ.
އެ މައްސަލަ ބަލަމުންދާކަން ފުލުހުން މީޑިއާތަކަށް ހިއްސާކުރީ ރޭގެ ވަގުތެއްގައެވެ.
ސޯޝަލް މީޑިއާ މެދުވެރިކޮށް ރައީސަށް އިންޒާރު ދިން މައްސަލައެއް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވެސް ފުލުހުން ވަނީ ތަހުގީގުކޮށްފައެވެ. ނަމަވެސް އެ ތަހުގީގު ކުރިއަށްދިޔަ ގޮތުގެ ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ.
މުހައްމަދު އިޝާން
ޕޮލިސް
ޕޮލިސް
ޕޮލިސް