ނައިޖީރިއާގެ ފޯވަޑް ވިކްޓޯ އޮސީމެން ދާއިމީކޮށް ގެންދަން ތުރުކީގެ ގަލަޓަސަރާއީން ތުރުކީގެ ޓްރާންސްފާ ރެކޯޑު މުގުރާލައިފިއެވެ.
މިދިޔަ ސީޒަނުގައިވެސް އޮސީމެން ކުޅެފައި ވަނީ ތުރުކީގެ ގަލަޓަސަރާއީ އަށެވެ. އެއީ އެފަހަރު ޓްރާންސްފާ މާކެޓް ބަންދުވާން ދަނިކޮށް، އޭނާ ނިންމި ނިންމުމަކާ އެކުގައެވެ. އޭގެ ކުރީ ސީޒަނަށްފަހު އޮސީމެން ގެންދަން ޔޫރަޕްގެ އެތައް ކްލަބަކުން މަސައްކަތް ކުރި ނަމަވެސް، އޮސީމެން ބޭނުންވާ މުސާރަ ދޭން އެއްވެސް ކްލަބަކުން އެއްބަސްވެފައެއް ނުވެއެވެ.
އޮސީމެން ގަލަޓަސަރާއީއާ ދާއިމީކޮށް ގުޅުމަށް އެއްބަސްވެ، އިއްޔެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ އިރު، އެ ކްލަބުން ނަޕޯލީއަށް 75 މިލިއަން ޕައުންޑްގެ އަގެއް ދައްކަން ވަނީ އެއްބަސްވެފައެވެ.
އެއީ ތުރުކީގެ ފުޓުބޯޅަ ތާރީހުގައި ކްލަބަކުން ކުޅުންތެރިޔަކު ގަތް އެންމެ ބޮޑު އަގެވެ. މީގެ ކުރިން އެންމެ އަގުބޮޑުކޮށް ކްލަބަކަށް ގެންދިޔަ ކުޅުންތެރިޔަކީ ސެވިއްޔާއަށް ކުޅުނު މޮރޮކޯގެ ޔޫސުފް އައް ނަސޭރީއެވެ. އޭނާ ގެންދަން ފެނެބާޗޭން ވަނީ 20 މިލިއަން ޔޫރޯގެ އަގެއް ދައްކައިފައެވެ.
ގަލަޓަސަރާއީން އޮސީމެން ގެންދިޔައީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. އެއީ ސީޒަނެއްގައި 15 މިލިއަން ޕައުންޑްގެ މުސާރައެއް ދޭ ގޮތަށެވެ. ގަލަޓަސަރާއީއާއި ނަޕޯލީން ވެފައިވާ އެއްބަސްވުމުގައި ވާގޮތުން، ކުރިއަށް އޮތްތަނުގައި އޮސީމެން ވިއްކާލައިގެން ލިބޭ ފައިދާގެ 10 ޕަސެންޓްވެސް ނަޕޯލީއަށް ދޭން ޖެހެއެވެ.
އޭގެ އިތުރުންވެސް އޮސީމެންއަށް ސޮއިކުރުމުގެ ބޯނަސްއެއްގެ ގޮތުގައި އެއް މިލިއަން ޔޫރޯ ލިބޭ އިރު، އިމޭޖް ރައިޓްސްގެ ގޮތުގައި ކޮންމެ ސީޒަނެއްގައިވެސް ފަސް މިލިއަން ޔޫރޯވެސް ލިބޭނެއެވެ.
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް