އިންޑިއާއިން އެތެރެކުރާ މުދަލުން 25 ޕަސެންޓްގެ ޓެރިފެއް ނަގާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދަޅުވެއްޖެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޓްރޫތް ސޯޝަލް ޕްލެޓްފޯމް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެގޮތަށް އަމަލުކުރަން ހަމަޖެހިފައިވާ ކަމަށެވެ.

ޓްރަމްޕް ވިދާޅުވީ އިންޑިއާ އަކީ ވަރަށް ގާތް އެކުވެރި ގައުމެއް ކަމަށާއި އެގައުމުން އެތެރެކުރާ މުދަލުން ނަގަން ހަމަޖެހިފައިވާ ޓެރިފް ރޭޓަކީ ބޮޑު ރޭޓެއް ކަމަށެވެ. އެމެރިކާއިން އެގައުމަށް އެތެރެކުރާ ބޭރު ގައުމުތަކުގެ މުދަލުން ޓެރިފް ނަގަން ފަށާފައިވާއިރު ޓެރިފްގެ ރޭޓު ބޮޑުކޮށް ނަގާ ގައުމުތަކުގެ ތެރޭގައި އިންޑިއާ ހިމެނިގެން ދިޔައީ ކަމަށް އޮފިޝަލުން ބުނެއެވެ.

ރައީސް ޓްރަމްޕް ވަނީ އިންޑީއާއިން ރަޝިޔާގެ މިލިޓަރީ ސާމާނު ގަންނަމުން ދާކަމަށާއި އެންމެން ވެސް ބޭނުން ވަނީ ޔޫކްރޭނުގައި ރަޝިޔާއިން ހިންގާ ހަނގުރާމަ ހުއްޓުމަށް ކަމަށް ވިދާޅުވެ ނުސީދާކޮށް އިންޑިއާއަށް ފާޑު ވިދާޅުވެފައެވެެ.

މިއަހަރުގެ ކުރީ ކޮޅު އެމެރިކާއިން އާންމުކުރި ޓެރިފް ނަގާ ލިސްޓުގައި ވާގޮތުން އިންޑިއާއިން އެގައުމަށް އެތެރެކުރާ މުދަލުން ނެގުމަށް ފުރަތަމަ ހަމަޖެހިފައި އޮތީ 27 ޕަސެންޓްގެ ޓެރިފެކެވެ.