ކިޑްނީ ބަލިތަކުގެ ޑަޔަލިސިސް ހިދުމަތަށް ހާއްސަކޮށް ހުޅުވި ހުޅުމާލެ ޑަޔަލަސިސް ސެންޓަރު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިފުތިތާހުކޮށްދެއްވައިފިއެވެ.
ޑަޔަލިސިސް ސެންޓަރު އިފުތިތާހުކޮށްދެއްވުމުގެ ހަފުލާ ބާއްވައިފައިވަނީ އޮރެންޖް ހިޔާ ބިލްޑިންގައެވެ.
އެ ހަފުލާގައި ހުޅުމާލެ ޑަޔަލިސިސް ސެންޓަރު އިފުތިތާހުކުރުމުގެ ކުރިން، އާ އިމާރާތް ދައްކުވައިދޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާލާފައިވެއެވެ.
ޑަޔަލިސިސް ސެންޓަރު ރަސްމީކޮށް އިފްތިތާހުކުރެއްވުމަށްފަހު، ރައީސް ވަނީ އެ ސެންޓަރު ބައްލަވާލައްވައިފައެވެ.
ރައީސް އޮފީހުން މިއަދު ބުނީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގާ އެ ސެންޓަރުގެ ސަބަބުން ރާއްޖެއިން ބޭރަށް ކިޑްނީގެ ބަލިތަކަށް ފަރުވާ ހޯދުމަށްދާ ފަރާތްތަކަށް ރާއްޖެއިން ހިދުމަތްދިނުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.
ޖުމުލަ 30 އެނދާއެކު ހުޅުވި އެ ސެންޓަރުގެ ސަބަބުން ކިޑްނީ ބަލިތައް ތަހައްމަލުކުރަމުންދާ ފަރާތްތަކަށް ހިދުމަތް ހޯދުމުގައި ގިނަ ލުއިތަކެއް ލިބިގެންދާނެކަމަށް ރައީސް އޮފީހުން ބުންޏެވެ.
ސިއްހީ ހިދުމަތް ހޯދަން، ރާއްޖެއިން ބޭރަށް ދިވެހި ރައްޔިތުން ދާންޖެހޭ މައްސަލައަށް ހައްލު ހޯދައި، އެކަން ނިމުމަކަށް ގެނައުމަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ހާސިލުކުރުމަން އަމާޒު ހިފާފައިވާ ލަނޑުދަނޑިއެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެގޮތުން މިހާރުވެސް، ސިއްހީ ދާއިރާގެ 400 މިލިއަން ރުފިޔާއަށްވުރެ ގިނަ، މަޝްރޫއު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ހިންގަމުންކަމަށް ރައީސް އޮފީހުން ބުންޏެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު