އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ރައީސް ޑރ. މުހައްމަދު މުއިއްޒު، ޑިފެންސް މިނިސްޓްރީގެ އާ އިމާރަތް "ދޮށިމޭނޭ" ބިލްޑިން ހުޅުއްވައިދެއްވައިފިއެވެ.
މޯދީ، ދޮށިމޭނާ ބިލްޑިން ހުޅުއްވައިދެއްވީ މާދަމާ ފާހަގަކުރާ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ދައުވަތަކަށް މިއަދު ރާއްޖެ ވަޑައިގެން މިއަދު ހަވީރު ދޮށިމޭނާ ބިލްޑިންގައި އެކަމަށް ހާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.
ދޮށިމޭނާ ބިލްޑިން ހުޅުއްވައިދެއްވުމަށްފަހު މޯދީއާއި ރައީސް ވަނީ އެ އިމާރާތުގެ މޮޑެލެއް ބައްލަވާލައްވައި ހިދުމަތްތަކުގެ މައުލޫމާތުތައް އޮޅުން ފިލުއްވައިފައެވެ.
އިންޑިއާގެ އެހީގެ ދަށުން އިމާރަތްކުރި ދޮށިމޭނާ ބިލްޑިންގެ މަސައްކަތް ފަށާފައިވަނީ 2014 ފެބްރުއަރީ 19 ގައެވެ. 10 ބުރިއަށް އިމާރަތްކުރި އެތަނުގައި ޑިފެންސް މިނިސްޓްރީ ހިންގުމަށް ހަމަޖެހިފައިވާ އިރު، ކޯސްޓްގާޑްގެ ހިދުމަތްވެސް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ އެ އިމާރާތުންނެވެ.
ކުރިން އެއީ ކޯސްޓްގާޑު ބިލްޑިންއެވެ.
މުހައްމަދު އިޝާން
ޑިފެންސް މިނިސްޓްރީ
ޑިފެންސް މިނިސްޓްރީ
ޑިފެންސް މިނިސްޓްރީ
ޑިފެންސް މިނިސްޓްރީ