ނ. ހޮޅުދޫ މޭނާ ސްކޫލުގެ އާ އިމާރާތް ތަރައްގީކުރަން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
ހޮޅުދޫ ރައްޔިތުންނާ ރައީސް ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުއެެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ.
އާބާދީގައި 2،222 މީހުން ދިރިއުޅޭ ހޮޅުދޫއަކީ ނ. އަތޮޅުގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ރަށް ނަމަވެސް ބިމުގެ ގޮތުން ޖާގަ ކުޑަ ރަށެކެވެ. އެ ރަށު ރައްޔިތުންގެ ކަންބޮޑުވުމަކީ ހޮޅުދޫގައި މިވަގުތު ހުރި ސްކޫލު ގިނަ ދުވަސްވެފައިވުމާއި، މޭނާ ސްކޫލު މަރާމާތަށް ބޭނުންވެފައިވުމާއި، އެ ސްކޫލުގެ އިމާރާތްތައް އެ ރަށުގެ ދެ ސަރަހައްދެއްގައި ހުރުމެވެ.
އެ ހާލަތުގައި ނިސްބަތުން ބޮޑު އާބާދީއެއް އޮތުމުންނާއެކު ދެ ސަރަހައްދަކަށް އެއް ވަގުތެއްގައި ދަތުރުކުރުން ވަނީ ތަކުލީފަކަށް ވެފައެވެ. އެހެންކަމުން ސަރުކާރުން ވަނީ މޭނާ ސްކޫލުގެ ކިޔެވުން އެއް ފުރާޅެއްގެ ދަށަށް ގެނައުމަށް ނިންމައިފައެވެ.
އެ މަޝްރޫއުގެ ދަށުން ކުރުމަށް ނިންމާފައިވާ މަސައްކަތްތަކުގެ ތެރޭގައި 33،690 އަކަފޫޓުގެ ސަރަހައްދެއްގައި ހަތަރު ބުރީގެ އާ އިމާރާތެއް ހެދުމާއި ފުުޓުބޯޅަ ދަނޑެއް ހެދުން ހިމެނެއެވެ.
ޖުމުލަ 480 ދުވަސްތެރޭ ނިންމުމަށް އެމްޓީސީސީއާ ހަވާލުކުރި މޭނާ ސްކޫލުގެ މަޝްރޫއުގެ އަގަކީ 33.6 މިލިއަން ރުފިޔާއެއެވެ.
ފާތިމަތު ލިއުޝާ
ނ. ހޮޅުދޫ
ނ. ހޮޅުދޫ
ނ. ހޮޅުދޫ
ނ. ހޮޅުދޫ