ނ. އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތުގެ ބިންގާ އަޅައިފިއެވެ.
މި ހޮސްޕިޓަލުގެ ބިންގާ އަޅަައިފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މަނަދޫގައި ބޭއްވި ރަސްމިއްޔާތެެއްގައެވެ.
ނ. އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތުގެ ބިންގާ އަޅައިދެއްވީ ހެލްތު މިނިސްޓަރު އަބުދުﷲ ނާޒިމާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ. މިއީ 50 އެނދުގެ ހޮސްޕިޓަލެކެވެ.
ނ. އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 187 މިލިއަން ރުފިޔާއަށް އެމްޓީސީސީއާއެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 780 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.
ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު
މިނިސްޓްރީ އޮފް ޓުއަރިޒަމް
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކަނޑު މަތީ