ސާފް 20 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން އަނެއްކާވެސް ބަންގްލަދޭޝްއިން ހޯދައިފިއެވެ.
މިއަހަރުގެ މުބާރާތް ބަންގްލަދޭޝްގައި ބާއްވާފައިވާ އިރު، ރޭ ބަޝުންދަރާ ކިންގްސް އެރީނާގައި ކުޅުނު ލީގު ބުރުގެ ފަހު މެޗުގައި، ބަންގްލަދޭޝްއިން ނޭޕާލް ބަލިކުރީ 4-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ބަންގްލަދޭޝްގެ ހަތަރު ގޯލުވެސް ޖެހީ އެމްއެސްޓީ ސަގޯރިކާ އެވެ.
މިފަހަރު މުބާރާތުގައިވެސް ވާދަކުރީ ބަންގްލަދޭޝާއި ބޫޓާން އަދި ނޭޕާލާއި ސްރީ ލަންކާ އެވެ. އިންޑިއާވެސް ވާދަކޮށްފައި ނުވާ އިރު، މިފަހަރު ޗެމްޕިއަންކަން ކަނޑައެޅީ ހަތަރު ޓީމު މެދުގައި ލީގު ބުރެއް ކުޅެގެންނެވެ.
ލީގު ބުރުގައި ކޮންމެ ޓީމަކާވެސް ދެ ފަހަރަށް ވާދަކޮށްފައިވެއެވެ.
ބަންގްލަދޭޝްއަކީ މިހާތަނަށް ސާފުން އުމުރުފުރާތަކަށް ބޭއްވި އަންހެން މުބާރާތްތަކުގެ އެންމެ ކާމިޔާބު ޓީމެވެ. ބަންގްލަދޭޝްއިން ވަނީ 18 އަހަރުން ދަށަށް 2018 ވަނަ އަހަރު ބޭއްވި މުބާރާތާއި، 19 އަހަރުން ދަށަށް ބޭއްވިި 2021 އަދި 2024 ވަނަ އަހަރު މުބާރާތުގެ އިތުރުން 20 އަހަރުން ދަށަށް 2023 ވަނަ އަހަރު ބޭއްވި މުބާރާތްވެސް ކާމިޔާބު ކޮށްފައެވެ.
އޭގެ ތެރެއިން 2024 ވަނަ އަހަރު ބަންގްލަދޭޝާއި އިންޑިއާއަކީވެސް ޗެމްޕިއަނުން ކަމަށް ކަނޑައެޅި މުބާރާތް ވީ އާދަޔާ ހިލާފުވެސް މުބާރާތަކަށެވެ.
މުޙައްމަދު ޝަމްޢޫން
ބަންގްލަދޭޝް
ބަންގްލަދޭޝް
ބަންގްލަދޭޝް
ބަންގްލަދޭޝް