އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް ހާއްސަކޮށްގެން #929* ސުޕާޑީލްސް ކެމްޕެއިނެއް ތައާރަފުކޮށްފިއެވެ.
އުރީދޫން ބުނީ އެ ކެމްޕެއިނުގެ ދަށުން ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް ހާއްސަ އޮފާތަކެއް ލިބިގެންދާނެ ކަމަށާއި އަދި ހިމެނިފައިވަނީ އެކި ކަސްޓަމަރުންގެ ބިހޭވިއާ އަށް ބެލުމަށްފަހު ހާއްސަކުރެވޭ އޮފާތަކެއް ކަމަށެވެ.
ސުޕާޑީލްގެ އޮފާތައް ހޯދުމަށް އިތުރު ސަބްސްކްރިޕްޝަނެއް ނުވަތަ ސައިން އަޕް ފީއެއް އެކުލެވިގެން ނުވާ ކަމަށާއި އުރީދޫގެ ކޮންމެ ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ނަންބަރަކަށްވެސް އެ އޮފާ ހޯދުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫން ބުނީ ސުޕާޑީލްސްގެ ތެރޭގައި ބޯނަސް ޑޭޓާ ޕެކޭޖުތަކާއި ޑިސްކައުންޓްތަކުގެ އިތުރުން ހާއްސަ ހަދިޔާތައްވެސް ހިމެނިފައިވާނެ ކަމަށާއި އަދި ލިބޭ އޮފާތައް ބަދަލުވެސް ވާނެ ކަމަށެވެ.
"ކަސްޓަމަރުންނަށް އުރީދޫ ޕޯސްޓްޕެއިޑް ނުވަތަ ޕްރީޕެއިޑް ނަމްބަރަށް #929* އަށް ފިތާލައިގެން ޕާސަނަލައިޒްޑް ސުޕަޑީލްތަކަށް ފަސޭހައިން ވަދެވޭނެއެވެ. ޑޭޓާ އެލަވަންސް ބޮޑުކުރަން ބޭނުންވިޔަސް، އަދި އެޑް-އޮން ތަކުން ޑިސްކައުންޓެއް ބޭނުންވިޔަސް، #929* ސުޕަޑީލްސް އިން ހާއްސްކުރެވިފައިވާ އޮފާއެއް އޮންނާނެއެވެ..،" އުރީދޫން ބުންޏެވެ.
އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހާލިދު އަލް ހަމާދީ ވިދާޅުވީ #929* ސުޕާޑީލްސްއާއެކު ކަސްޓަމަރުންނަށް ލިބިގެންދާ ވެލިއު އިތުރުވެގެންދާނެ ކަމަށެވެ.
"ކޮންމެ ކަސްޓަމަރަކަށް ވެސް އިތުރު ޑޭޓާ، ޑިސްކައުންޓް އަދި އުފާވެރި ސަޕްރައިޒްތަކެއް މި ކެމްޕެއިންގެ ތެރެއިން ލިބިގެންދާނެއެވެ. އަދި #929* ސުޕަޑީލްސްގެ ތެރެއިން އޮފާއަކަށް ފިތާލުމާއެކު ވަގުތުން އެ އޮފާ އެކްޓިވޭޓް ދާނެއެވެ..،" އުރީދޫ މޯލްޑިވްސްގެ ސީއީއޯ ވިދާޅުވިއެވެ.
އުރީދޫން ބުނީ އެ ކުންފުނީގެ އަމާޒަކީ ހަގީގަތުގައި ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުން ކަމަށެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުންނަށް ގުޅާލައި، ދިރިއުޅުމުގައި ކުރަންޖެހޭ ކޮންމެ ކަމެއްވެސް، އެއީ މަސައްކަތް، ކިޔެވުން، ވިޔަފާރި، ބޭންކިން އަދި މުނިފޫހިފިލުވުން ކަމުގައިވީ ނަމަވެސް، ރައްކާތެރިކަމާއެކު ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ކުރެވޭނެ މަގުފަހި ކޮށްދިނުމުގައި އަބަދުވެސް މަސައްކަތްކުރަމުންދާނެ ކަމަށް އުރީދޫން ބުންޏެވެ.
ޕާސަނަލައިޒްޑް ސުޕާޑީލްސް ބަލައިލުމަށް #929* އަށް ލަސްނުކޮށް ފިތާލުމަށް އުރީދޫން އެދެއެވެ.
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް