އިތުބާރު ހިފޭ މަގާމެއްގައި ހުރި މީހަކު 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއްގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި އެ މައްސަލައާ ގުޅިގެން އުމުރުން 48 އަހަރުގެ މީހަކު މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އެ މީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
އެ މައްސަލައިގެ ރިޕޯޓުކޮށްފައިވަނީ ގއ، ގދ، ޏ، ސ ގެ ތެރެއިން އަތޮޅެއްގައި ހިމެނޭ ރަށަކުން މިމަހު 18ގައި ކަމަށް ފުލުހުން ކުރިން ބުނެފައިވެއެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
އެ މައްސަލަ ރަށު ޕޮލިސް ސްޓޭޝަނާއި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް