ނ. ކެނދިކުޅުދޫގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)ގެ ބަހުގެ ހިދުމަތް ފަށައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ދެމުން އަންނަ އާރުޓީއެލްގެ ބަހުގެ ހިދުމަތް ކެނދިކުޅުދޫގައި ފަށާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

21 ޖުލައި 2025، ނ. ކެނދިކުޅުދޫގައި އާރުޓީއެލް ބަހުގެ ހިދުމަތް ފެށުން --- ފޮޓޯ/ ރައީސް އޮފީސް

މިއަދު ހަވީރު ކެނދިކުޅުދުއަށް ވަޑައިގެން، އާރުޓީއެލް ބަހުގެ ހިދުމަތް ފައްޓަވައިދެއްވީ ރައީސްއެވެ. އެ ރަށުގައި އެމްޓީސީސީން އެ ހިދުމަތަށް ދެ ބަސް ބޭނުންކުރާނެއެވެ.

އާރުޓީއެލް ބަހުގެ ހިދުމަތް އަތޮޅުތެރޭގައި މިހާރު ދެމުން އަންނަނީ އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ، ކުޅުދުއްފުށި ސިޓީ، ހއ. ދިއްދޫ، ލ. ގަން، ލ. ފޮނަދޫ އަދި ލ. އިސްދޫ / ކަޅައިދޫގައެވެ. ބަހުގައި ދަތުރުކުރުމަށް ސްކޫލު ދަރިވަރުންގެ އަތުން ފީއެއް ނުނަގައެވެ.