އިތުބާރު ހިފޭ މަގާމެއްގައި ހުރި މީހަކު 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި އެ މައްސަލައާ ގުޅިގެން އުމުރުން 48 އަހަރުގެ މީހަކު މިހާރުވަނީ ހައްޔަރުކޮށްފަ އެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.
އެ މައްސަލައިގެ ރިޕޯޓު ކޮށްފައި ވަނީ ގއ، ގދ، ޏ، ސ ގެ ތެރެއިން އަތޮޅެއްގައި ހިމެނޭ ރަށަކުން މިމަހު 18ގައި ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ.
މި މައްސަލަ ރަށު ޕޮލިސް ސްޓޭޝަނާއި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އާއިޝަތު މާހާ
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު