ޕަރޕްލެކްސިޓީން އޭއައި-ޕަވަރޑް ބްރައުޒަރެއް ކަމަށްވާ ކޮމެޓް ތައާރަފުކޮށްފިއެވެ. ގޫގުލްއާއި އެޕަލްގެ ސަފާރީ ފަދަ ބްރައުޒާތަކާ ވާދަކޮށް، ހާއްސަކޮށް މޯބައިލް މާކެޓްގައި ގަދަވެގަތުމަކީ މި ބްރައުޒާގެ މަގުސަދުކަމަށް ޓެކްނޮލޮޖީ ހަބަރުތައް ބުނެއެވެ.
ކޮމެޓް މޯބައިލް ފޯނުތަކުގައި ޑިފޯލްޓް ބްރައުޒަރެއްގެ ގޮތުގައި ނުވަތަ ޕްރީ-އިންސްޓޯލްކޮށްފައި ހުންނަ ބްރައުޒަރެއްގެ ގޮތުގައި ގެނައުމަށް ޕަރޕްލެކްސިޓީގެ ސީއީއޯ އަރަވިންދް ސްރީނިވަސް މިހާރު އަންނަނީ ފޯނު އުފައްދާ ބްރޭންޑްތަކާ މަޝްވަރާ ކުރަމުން ކަމަށް ހަބަރުތައް ބުނެއެވެ. ޑިފޯލްޓް ބްރައުޒަރެއްގެ ގޮތުގައި މި ބްރައިޒާ އަތުވެއްޖެނަމަ ބޭނުންކުރުން އިތުރުވެ، ގިނަ ބަޔަކަށް ކޮމެޓްގެ ހިދުމަތްތައް ފުޅާވެގެންދާނެ އެވެ.
ކޮމެޓަކީ ހަމައެކަނި ބްރައުޒަރެއް ނޫން ކަމަށާއި އޭއައި އެސިސްޓެންޓެއްގެ ގޮތުގައި ވެބްޕޭޖްތައް ސަމަރީކުރުން، ޝެޑިއުލް އަދި އީމެއިލް ސަޕޯޓް ފަދަ ކަންކަމުގައިވެސް އެހީތެރި ވެދޭނެ ކަމަށް ޕަރޕްލެކްސިޓީން ބުނެއެވެ. ނަމަވެސް، ކްރޯމް ނުވަތަ ސަފާރީގެ ބަދަލުގައި ކޮމެޓް ޑިފޯލްޓް ބްރައުޒަރަށް ބަދަލުކުރުމަށް ފޯނު އުފައްދާ ކުންފުނިތައް އެއްބަސްކުރުވުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް ސްރީނިވަސް ފާހަގަކޮށްފައިވެއެވެ. ބޭނުންކުރާ ފަރާތްތައް ފަރިތަ އެޕްތަކާއި ބްރައުޒާތަކަށް އަހުލުވެރިވެފައިވާތީ، އާ ބްރައުޒަރަކަށް ބަދަލުވުމަށް މާބޮޑު މަގެއް އަދި ފަހިނުވާ ކަމަށްވެސް އޭނާ ބުނެއެވެ.
މި ދާއިރާގައި ޕަރޕްލެކްސިޓީއަށް ވާދަވެރިން ގިނަވެފައިވެއެވެ. އޯޕަންއޭއައި އާއި ގޫގުލްވެސް އަންނަނީ އޭއައި-ޕަވަރޑް ބްރައުޒާތައް ތަރައްގީކުރުމުގައި ހަރަކާތްތެރިވަމުންނެވެ.
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ