މެންޗެސްޓާ ޔުނައިޓެޑްގެ އިނގިރޭސި ފޯވަޑް މާކަސް ރަޝްފޯޑު، ލޯނު އެއްބަސްވުމެއްގައި ބާސެލޯނާއަށް ބަދަލުވާން ނިންމާފައިވާ ކަމަށް އިތުބާރު ނޫސްތަކުން ޔަގީން ކޮށްދީފިއެވެ.
ރަޝްފޯޑު، 27، މިދިޔަ ޑިސެމްބަރު މަސް ތެރޭގައިވެސް ޔުނައިޓެޑް ދޫކޮށްލާ ހިޔާލު ގެންގުޅޭ ކަމަށް ބުނެފައިވެއެވެ. ރުބެން އަމޯރިމްގެ ފުރަތަމަ 11 އިން ޖާގަ ގެއްލި، މާ ބޮޑަށް ބާކީވުމުގެ ސަބަބުން ރަޝްފޯޑު ޔުނައިޓެޑް ދޫކޮށްލުމުގެ ހިޔާލު ގެންގުޅެފައިވާ އިރު، އޭނާ މިދިޔަ ސީޒަނުގެ ފަހު ބައި ހޭދަކުރީވެސް އެސްޓަން ވިލާގައެވެ. އެއީވެސް ލޯނެއްގައެވެ.
ރަޝްފޯޑު ސީޒަނުގެ ފަހު ބައިގައި އެސްޓަން ވިލާއަށް 17 މެޗު ކުޅެ، ހަތަރު ގޯލު ޖަހައި ހަ އެސިސްޓް ފުރިހަމަ ކޮށްފައިވެއެވެ.
ރަޝްފޯޑަކީ ޔުނައިޓެޑްގެ އެންމެ މުސާރަ ބޮޑު އެއް ކުޅުންތެރިޔާއެވެ. އޭނާގެ މުސާރަ ކުޑަކުރުމަށް އަމޯރިމް މަސައްކަތްވެސް ކޮށްފައިވާ އިރު، ލޯނުގައި ބާސާއަށް ކުޅޭނީ، ބާސާއިން މުސާރަ ދޭ ގޮތަށެވެ. ރަޝްފޯޑުގެ މުސާރައަކީ ހަފުތާއަކަށް 325،000 ޕައުންޑެވެ.
ރަޝްފޯޑު، އެއް ސީޒަނަށް ބާސާއާއެކު އެއްބަސްވެފައިވާ އިރު، ބާސާ ބޭނުންވާނަމަ، ސީޒަން ނިމުމުން އެ އެއްބަސްވުން ދާއިމީ ކުރުމަށްވެސް ފުރުސަތު އޮންނާނެ ކަމަށް ނޫސްތައް ބުނެއެވެ.
ބާސާއިން ރަޝްފޯޑު ގެންދަން ނިންމާފައި ވަނީ އެޓީމުން ފުރަތަމަ ހޯދަން މަސައްކަތް ކުރި ސްޕެއިންގެ ވިންގް، ނިކޯ ވިލިއަމްސް ނުލިބުމުންނެވެ.
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް