ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުން މިރޭ ބުނީ އިތުބާރު ހިފޭ މަގާމެއްގައި ހުރި މީހަކު 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއް އެ އިދާރާއަށް ހުށަހެޅީ މިދިޔަ ބުދަ ދުވަހު ކަމަށެވެ.
އެ މައްސަލައިގެ ރިޕޯޓު ކޮށްފައި ވަނީ ގއ، ގދ، ޏ، ސ ގެ ތެރެއިން އަތޮޅެއްގައި ހިމެނޭ ރަށަކުން ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ރަށު ޕޮލިސް ސްޓޭޝަނާއި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ކުށް
އެމެރިކާ
ހޮލީވުޑް