ޑެމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް ސްޕެއިންގެ ގަދަ ބާރު، އެންމެފަހުގެ ޗެމްޕިއަން ބާސެލޯނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ބާސާއާއެކު ކޮންގޯއިން އެއްބަސްވެފައި ވަނީ 46.37 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައެވެ. އެއީ ސްޕޮންސާޝިޕް ޑީލެއްގެ ގޮތުގަައެވެ. އެ އެއްބަސްވުމާއެކު ބާސާއިން ކޮންގޯ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ބޭނުންކުރާ ހާއްސަ ލޯގޯ، އެ ކްލަބުގެ ޕްރޮޑަކްޓުތަކުގައި ބޭނުންކޮށް، ވިއްކާނެއެވެ.
އޭގެ އިތުރުން އަންހެން އަދި ފިރިހެން ޓީމުގެ ޓްރެއިނުން ކިޓާއި ވާމް އަޕް ކިޓުގައި "ހާޓް އޮފް އެފްރިކާ" ގެ ސްލޮގަން ބޭނުން ކުރާނެއެވެ. ހަނގުރާމައިގެ ތެރެއިން ނުތަވަސްކަމުގައި އޮތް ކޮންގޯގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް ބޭނުންކުރާ ސްލޮގަންއަކީ އެއީއެވެ.
ބާސާއާއެކު ކޮންގޯއިން ވެފައިވާ އެއްބަސްވުމާއެކު ކޮންގޯގެ އިޝްތިހާރުތައް ކްލަބުގެ މެގަޒިންތަކާއި އަހަރީ ރިޕޯޓުތަކުގައިވެސް ބޭނުންކުރާނެއެވެ. އަދި ސައިޓުންވެސް އެ އިޝްތިހާރުތައް ފެންނާނެއެވެ.
ބާސާއާއެކު ކޮންގޯއިން ހެދި އެއްބަސްވުމާއެކު، ކުރިއަށް އޮތް ހަތަރު ސީޒަނުގައި އެގައުމުން ބާސާއަށް އަހަރަކު ގާތްގަނޑަކަށް 10 މިލިއަނާއި 11.5 މިލިއަން ޔޫރޯ ދައްކާނެ ކަމަށްވެސް ނޫސްތައް ބުނެފައިވެއެވެ.
ބާސާގެ އިތުރުން ކޮންގޯއިން ވަނީ މިހާތަނަށް އޭސީ މިލާނާއި ފްރާންސްގެ އޭއެސް މޮނާކޯއާއެކުވެސް ސްޕޮންސާޝިޕް އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ.
ބާސެލޯނާ
ބާސެލޯނާ
ބާސެލޯނާ
ބާސެލޯނާ