ފިޝަރީޒް މިނިސްޓްރީއާ ގުޅިގެން އުރީދޫ މަސްރޭސް 2025 މިއަހަރުވެސް ބޭއްވުމަށް ހަމަޖެހިފައިވާކަން އިއުލާނުކޮށްފިއެވެ.
އުރީރޫން ނިންމާފައިވަނީ މިއަހަރުގެ މަސްރޭސް ކ. ހުރާ އަދި ށ. ފުނަދޫގައި ބޭއްވުމަށެވެ. އެ ދެ ރަށުގައި ވެސް މަސް ރޭސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ތަފާތު ދެ ދުވަހެއްގައެވެ. އެގޮތުން ހުރާގައި އަންނަ މަހުގެ 22 ވަނަ ދުވަހު މަސްރޭސް ބޭއްވުމަށް ހަމަޖެހިފައިވާ އިރު، ފުނަދޫގައި މަސްރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 29 ގައެވެ.
އުރީދޫން ބުނީ މިއަދުން ފެށިގެން މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރޭޝަނަށް ހުޅުވާލާފައިވާ ކަމަށާއި ރެޖިސްޓާ ކުރުމަށް 12 މީހުން ހިމެނޭ ޓީމު (ކެޕްޓަނާއި އޮފިޝަލުން ހިމެނޭހެން) ހެދުމަށްފަހު އޮންލައިކޮށް ފޯމު ފުރުމަށް އެދޭ ކަމަށެވެ.
ކޮންމެ މަސް ރޭހެއްގައި ވަނަތަކަށް ހޮވޭ ފަރާތްތަކަށް ކަނޑައަޅާފައިވަނީ ޖުމުލަ 80,000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. އޭގެ ތެރޭގައި؛
- ޗެމްޕިއަން ޓީމު: 25،000 ރުފިޔާ
- ދެވަނަ ޓީމު: 10،000 ރުފިޔާ
- ތިންވަނަ ޓީމު: 5،000 ރުފިޔާ
އޭގެ އިތުރުން އެންމެ މޮޅު އަންހެން އަދި ފިރިހެން މަސްވެރިޔާ ހޮވައި، އެ މަސްވެރިންނަށް ވެސް އިނާމު ދިނުމަށް ވަނީ ނިންމައިފައެވެ.
އުރީދޫ މަސްރޭހަކީ ހަމައެކަނި މުބާރާތަކަށް ވުރެ ބޮޑު ފެށުނީއްސުރެވެސް މަސްވެރިކަމުގެ އުފާވެރިކަމުގެ ތެރެއިން އެއްބައިވަންތަކަމުގެ ރޫހު އާލާކުރުވާ އަދި މުޖުތަމައުތަކުގެ ހިތްތަކުން ޖާގަ ހޯދާފައިވާ ހަރަކާތެކެވެ.
އުރީދޫން ބުނީ މިއަހަރުގެ މަސްރޭހުގައި ކޮންމެ ހިސާބަކުން ވެސް އެންމެ ގިނަވެގެން 16 ޓީމު ވާދަކުރާނެ ކަމަށާއި 16 ޓީމަށްވުރެ ގިނައިން ރެޖިސްޓާ ވެފައިވާ ނަމަ، ބައިވެރިވާ ޓީމުތައް ހޮވުމަށް ގުރުނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ނުހޮވޭ ޓީމުތަކަށް ރިފަންޑް ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫ މަސްރޭސް 2025 ގައި ސަރުކާރުގެ މުއައްސަސާތަކާއި ކޯޕަރޭޓްތަކާއި އާންމުން ބައިވެރިވުމަށް އުރީދޫ މޯލްޑިވްސް އިން މަރުހަބާ ކިޔައެވެ.
އުރީދޫ މަސްރޭސް 2025 ގައި ރަޖިސްޓްރީވުމަށް: http://ore.do/masrace2025

އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް