މަރުކަޒީ ބޭންކު އެމްއެމްއޭގެ އަމާޒަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭންކުތައް މެދުވެރިކޮށް ވިއްކާ ޑޮލަރުގެ އަގު 50 ޕަސަންޓަށް އިތުރުކުރުން ކަމަށް އެމްއެމްއޭ އިން ބުނެފިއެވެ.
އެމްއެމްއޭގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް ޒަހީން މިރޭ "ވަން"އަށް ވިދާޅުވީ ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން ބޭންކުތަކަށް ޑޮލަރު މާރުކުރަން ފެށި ފަހުން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް 362 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފައިވާ ކަމަށެވެ.
"މިގޮތަށް އަޅުގަނޑުމެންނަށް ޑޮލާ އިންޓަވެންޝަން ކުރިއަށް ގެންދެވެންޏާ އަޅުގަނޑުމެން އަމާޒުކުރަނީ މިއަހަރު ނިމެންވާއިރަށް އެ އަދަދު [އެސްއެމްއީތަކަށް ޑޮލަރު ދޫކުރާ] 50 ޕަސަންޓަށް އިތުރުކުރެވިދާނެ ކަމަށް،" ޒަހީން ވިދާޅުވިއެވެ.
ޒަހީން ވިދާޅުވީ ފޮރިން އެކްސްޗޭންޖު ގާނޫނު އައި ފަހުން ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު ވަންނަ ރޭޓު 21 ޕަސަންޓު އިތުރުވެފައިވާ ކަމަށެވެ. މިދިޔަ ހަތަރު އަހަރު އެ އަދަދު ހުރީ 10 ޕަސަންޓުގައެވެ.
އާއިޝަތު މާހާ
އެމްއެމްއޭ
އެމްއެމްއޭ
އެމްއެމްއޭ
އެމްއެމްއޭ