އެމްޑީޕީގެ ވެރިކަމުގައި ތަރައްގީކުރަން މަސައްކަތްކުރި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް މިހާރު ވުޖޫދުގައި ނެތް ކަމަށާއި އެހެންކަމުން އާ ޓާމިނަލްގެ މިލްކުވެރިކަމަށް ދައުވާކުރާނެ ޖާގައެއް ނެތް ކަމަށް އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު ވިދާޅުވެއްޖެއެވެ.
ސަރުކާރު ހިންގާ، ޕީއެންސީން މިރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން މަތީން ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ފެށި ޓާމިނަލްގެ ފައުންޑޭޝަންތައް ނަގައި، އުކާލީ ކައްޗަށް އެޅި ބިންގަލެއްގެ މަތީގައި ރާއްޖޭގެ އިގުތިސާދު ބިނާކުރަން މި ސަރުކާރުން ބޭނުންނުވާތީ ކަމަށެވެ.
"އަޅުގަނޑުމެން ވާދަވެރިން ހުޅުލޭގައި އެއާޕޯޓު ޓާމިނަލެއް އަޅަން ފެށީ އެއާޕޯޓުގެ އިރުމަތީ ފަރާތުގައި. މިހާރު އެއާޕޯޓުގައި އަޅާފައި އެ އޮތް ޓާމިނަލް އެ އޮތީ ހުޅަނގު ފަރާތުގައި. އެހެންވީމާ އެބޭފުޅުން އަޅުއްވަން މަސައްކަތްކުރެއްވި ޓާމިނަލް މިހާރު ވުޖޫދަކު ނެތް. އެއަކު ޕަސަންޓޭޖެއް ކިޔުއްވާނެ ކަމެއް ނެތް. އޭގެ މިލްކުވެރިކަމަށް ދައުވާކުރާނެ ޖާގައެއް އެބޭފުޅުންނަކަށް ނެތް،" އޭނާ ވިދާޅުވިއެވެ.
މަތީން ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން އެއާޕޯޓުގައި ދެވަނަ ރަންވޭއެއް އެޅުމުގެ ވިސްނުމެއް ވެސް ގެންގުޅެފައިނުވާ ކަމަށާއި ދެވަނަ ރަންވޭއެއް ވެސް އަޅާފައިވާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުގައި ކަމަށެވެ. އަދި އެމްޑީޕީގެ ސަރުކާރުން ބޭނުންވީ ބޭރު ބަޔަކަށް ދީގެން އެއާޕޯޓު ހިންގުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
"އޭގެން ރާއްޖޭގެ އިގުތިސާދު، އެބޭފުޅުން މިހާރު އެ ޖައްސަވާ ނަމްބަރުތަކާ އެއްގޮތަށް ފުޅާވެގެންނެއް ނުދާނެ، ތަރައްގީވެގެންނެއް ނުދާނެ. އެތަނުގައި އަދި ޓާމިނަލެއް އެޅިޔަކަސް، ބޯޓެއް ޖައްސައިނުލެވެންޏާ، ބޯޓުން މީހުން ނާންނަންޏާ އިގުތިސާދެއް ކުރިއަކަށް ނާރާނެ. އެހެންވީމާ އެބޭފުޅުން ހަނދުމަފުޅު އާކޮށްލައްވަންޖެހޭ، އެބޭފުޅުންގެ މެމޮރީ ރިފްރެޝް ކޮށްލަންޖެހޭ ކުރައްވަން އުޅުނު ކަމަކާއި މިހާރު އެތަނުގައި ވެފައި އޮތް ކަމަކާ،" އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ މައި އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ނިންމަން، މި ސަރުކާރު އައި ފަހުން ސައުދީ ފަންޑުން 1.5 ބިލިއަން ރުފިޔާ އާއި އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) 1.2 ބިލިއަން ރުފިޔާ ވަނީ ހަމަޖައްސައިފައެވެ. އެ ޕްރޮޖެކްޓަށް ޖުމުލަ، ގާތްގަނޑަކަށް 9.2 ބިލިއަން ރުފިޔާ ހޭދަވިއެވެ.
އިއްޔެ ގެނެސްދިން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޕޮޑްކާސްޓު "ރައްޔިތުންނާއެކު"ގެ 8 ވަނަ އެޕިސޯޑުގައި ރައީސް ވިދާޅުވެފައިވަނީ، އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ވީއައިއޭގެ އާ ޓާމިނަލްގެ ނިމިފައި އޮތީ 54 ޕަސެންޓު މަސައްކަތް ކަމަށާއި ގިނަ މަސައްކަތް ހަވާލުކުރީ މި ސަރުކާރުން ކަމަށެވެ. އަދި އާ ޓާމިނަލުގެ ކްރެޑިޓް މި ސަރުކާރާއި ކުރީގައި ވެރިކަން ކުރެއްވި އަބްދުﷲ ޔާމީނާއި އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ލިބިވަޑައިގަންނަވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ގައެވެ.
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
އެހައިބާރުގަދަ ޙުކުމެއްކުރަން މަތީނަކީ ސްޕްރިމްކޯޓުގެ އުއްތަމަފަނޑިޔާރުތަ!
އިއްބެ - 11 މަސް ކުރިން