ސިނަމާލެ ބުރިޖު ހައިވޭގައި ވޭނަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ހައިވޭގައި ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ފަޅި، ހަތަރު ލޭން ހިމެނޭ ސަރަހައްދުގައި ވޭނަކާއި ސައިކަލެއް ޖެހި އެކްސިޑެންޓުވެފައިވާ މައްސަލައެއް ރޭ 10:49 ހާއިރު ހުށަހަޅާފައިވާ ކަމަށެވެ.
އެ އެކްސިޑެންޓު ހިނގާފައިވަނީ ވޭން އޯވާޓޭކް ކުރަނިކޮށް ސައިކަލުގައި ޖެހިގެން ކަމަށާއި އެ އެކްސިޑެންޓުގައި ސައިކަލުގައި ތިބި ދެ މީހުންނަށް އަނިޔާވެގެން އައިޖީއެމްއެޗްއަށް ގެންގޮސް ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އަންނަނީ އެ އެކްސިޑެންޓުގެ މައްސަލަ ތަހުގީގުކުރަމުންނެވެ.
މިދިޔަ އާދީއްތަ ދުވަހުގެ ރޭ ވެސް މާލޭގައި ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފައެވެ. މާފަންނު ބަސް ސްޓޭޝަން ކުރިމަތިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް، ކަފިހި ހުރަހުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި، އެ ވަގުތު އެތާ ކައިރިން ދަތުރުކުރި ޕިކަޕެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ތިން މީހަކަށް ސީރިއަސް އަނިޔާތަކެއްވިއެވެ.
އޭގެ ތެރެއިން 17 އަހަރުގެ ފިރިހެން ކުއްޖަކު އާދީއްތަ ދުވަހުގެ ރޭ ވަނީ މަރުވެފައެވެ. އެއީ މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) އާއި ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާގެ ދަރިފުޅު، ޔޫސުފް އަލްސަން މުހައްމަދެވެ. އޭނާއަކީ ސައިކަލު ދުއްވަން އިން ކުއްޖާއެވެ.
އެ އެކްސިޑެންޓުގައި ދެން އަނިޔާވީ ސައިކަލުގެ ފަހަތުގައި އިން 16 އަހަރުގެ ފިރިހެން ކުއްޖާ އާއި ދުވަން ނުކުމެ އުޅުނު 40 އަހަރުގެ ފިރިހެނަކަށެވެ. އޭގެ ތެރެއިން 16 އަހަރުގެ ކުއްޖާއަށް އައިޖީއެމްއެޗްގެ ވޯޑުގައި ފަރުވާދެމުން އަންނަ އިރު، 40 އަހަރުގެ މީހާ އައިސީޔޫއަށް ބަދަލުކޮށް ވެންޓިލޭޓަރަށް ވަނީ ލައިފައެވެ.
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް