50 ދުވަސްތެރޭ ގޮތެއް ނުނިންމައިފިނަމަ %100 ގެ ޓެރިފެއް ރަޝިޔާއިން ނަގާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފިއެވެ.
ރަޝިޔާއާއި ޔޫކްރޭނު ކުރަމުންދާ ހަނގުރާމަ ނިންމުމަށް އެއްބަސްވުމަށް އައުމަށް 50 ދުވަހުގެ މުހުލަތެއް ޓްރަމްޕް ވަނީ ދެއްވައިފައެވެ.
ވައިޓް ހައުސްގައި ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް މާކް ރުއްޓޭއާއި ޓްރަމްޕް އިއްޔެ ބޭއްވި ބައްދަލުވުމަކަށްފަހު ޓްރަމްޕް ވަނީ ރަޝިޔާއާ މެދު ވަރަށް ބޮޑަށް ނުރުހުންވެ ވަޑައިގެން ހުންނެވި ކަމަށާއި ވަރަށް ވަރުގަދަ ޓެރިފެއް ނަގަން ނިންމާފައިވާކަމަށް ވިދާޅުވެފައެވެ. ޓްރަމްޕް ވިދާޅުވީ ރަޝިއާއަށް 50 ދުވަސް ލިބޭނެ ކަމަށާއި އޭގެ ފަހުން %100 އަށް ޓެރިފް ނަގާނެ ކަމަށެވެ.
ޓްރަމްޕް ވިދާޅުވީ އަންނަ ސެޕްޓެމްބަރަށް ބެއްލެވުމަށްފަހު ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމުގެ އިންޒާރު ރަޝިޔާއަށް ދެއްވައިފައެވެ. 50 ދުވަސް ސެޕްޓެމްބަރަށް ހަމަވާއިރު ހަނގުރާމަ ހުއްޓާލައި ރަޝިޔާ އާއި ޔޫކްރޭނުން ޑީލު ހެދުމަށްވެސް އަންގަވައިފައި ވެއެވެ.
މުހައްމަދު އައުޒަމް
ނިއުޒިލެންޑް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި