އއ. މާޅޮހުން: މުހައްމަދު އިޝާން - ވަން އޮންލައިން

އަނިޔާވެރިކޮށް މަރާލައިފައި އޮއްވައި ފެނުނު މި، ރަށު އޯކިޑްމާގޭ އަބްދުއްރަހުމާނު އާދަމް 65އ ގެ މަރުގެ މައްސަލައާ ގުޅިގެން ރަށުގެ ހުރަސް މަގުގެ އަތިރިމަތީ ފަރާތް ބަލައިފާސް ކުރުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

އެއީ މަރާލި އަބްދުއްރަހުމާންގެ ގެއާ މާދުރު ނޫން ހިސާބެކެވެ. އެ ހިސާބު އަތިރިމަތި ބަލައިފާސްކުރަމުން އަންނައިރު އެ ހިސާބަށް ނުވަދެވޭނެހެން މުޅި ސަރަހައްދު ވަނީ ބަންދު ކޮށްފައެވެ.

ފުލުހުން މި މަރުގެ މައްސަލައާ ގުޅިގެން ތަނެއް ބަލައިފާސްކުރަން ފަށާފައި މިވަނީ 24 ގަޑިއިރު ފަހުންނެވެ. އަބްދުއްރަހުމާން އާއި އޭނާގެ އަންހެނުން ދިރިއުޅެނީ މި ރަށު ދެކުނު ސަރަހައްދުގައި ހުންނަ މާހިޔާގޭގަ އެވެ.

އަބްދުއްރަހުމާންގެ ހަށިގަނޑުވަނީ ޕޯސްޓްމޯޓަމް ހަދަން އިންޑިއާއަށް ފޮނުވުމަށް މާލެއަށް އިއްޔެ ފޮނުވާލައިފައެވެ.

މި މަރުގެ މައްސަލައާ ގުޅިގެން އެއްވެސް ބަޔަކާ ފުލުހުން އަދި ސުވާލު ކުރިކަމެއް އެނގިފައެއް ނުވެއެވެ.