މާލޭގައި މިރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި ކުއްޖަކު މަރުވެއްޖެއެވެ.
ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ މިރޭ މާފަންނު ބަސް ޓާމިނަލް ކައިރިން ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލެއް، ކަފިހި ހުރަހުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި އެތަނުން ދަތުރުކުރި ޕަކަޕެއްގައި ޖެހި އެކްސިޑެންޓުވި މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗްއަށް ފަރުވާދިނުމަށް ގެންގޮސްފައިވާ ކަމަށާއި އޭގެ ތެރެއިން އަނިޔާވި 17 އަހަރުގެ ކުއްޖަކު މަރުވެފައިވާ ކަމަށެވެ.
ފުލުހުން ބުނީ އަނިޔާވި އަނެއް ދެ މީހުންގެ ހާލުވެސް ސީރައަސް ކަމަށާއި އެ އެކްސިޑެންޓުގެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް