މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ތިން މީހެއްގެ ހާލު ސީރިއަސްވެއްޖެއެވެ.
ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ މިރޭ މާފަންނު ބަސް ޓާމިނަލް ކައިރިން ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލެއް، ކަފިހި ހުރަހުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި އެތަނުން ދަތުރުކުރި ޕަކަޕެއްގައި ޖެހި އެކްސިޑެންޓުވި މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗްއަށް ފަރުވާދިނުމަށް ގެންގޮސްފައިވާ ކަމަށާއި އެ ތިން މީހުންގެ ހާލު ވެސް ސީރިއަސް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މިހާރު ފުލުހުން އެ ސަރަހައްދުގެ ބޮޑުބައެއް ޓްރެފިކަށް ވެސް ވަނީ ބަންދުކޮށްފައެވެ.
އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް