ގދ. ނަޑެއްލާގެ އާ ބަނދަރު ހެދުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި މަސައްކަތް ހަވާލުކުރި ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޒަމީރެވެ.
އެ މަޝްރޫއު ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކުރީ 450 ދުވަހުން ނިންމާގޮތަށެވެ. އެ މަޝްރޫއުގެ އަގަކީ 78،653،152.46 (78.6 މިލިއަން) ރުފިޔާއެވެ.
އެ މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތައް:
- 82،080 ކޮޑި މީޓަރު ވެލި އާ ބަނދަރު ފަޅުން ކޮނުން.
- 19،600 ކޮޑި މީޓަރު ވެލި އާ ނެރުން އިން ކޮނުން.
- 3،900 ކޮޑި މީޓަރު ވެލި މިހާރުގެ ބަނދަރު ފަޅުން ކޮނުން.
- 16،000 ކޮޑި މީޓަރު ވެލި މިހާރުގެ ނެރުން ކޮނުން.
- 48،850 ކޮޑި މީޓަރު ވެލި ބިން ހިއްކުމަށް ކޮނުން.
- 277.7 މީޓަރުގެ ރިވެޓްމަންޓް ޖެހުން.
- 105 މީޓަރުގެ ނެރުފައިކަށި ޖެހުން.
- 244.7 މީޓަރުގެ ބޭރުތޮށި ޖެހުން.
- 17 މީޓަރުގެ ބޭރުތޮށި ތިރިކޮށް ޖެހުން.
- ޖުމުލަ 188 މީޓަރުގެ ގްރޮއިން ޖެހުން.
- 534 މީޓަރުގެ އެއްގަމު ތޮށި ޖެހުން.
- 534 މީޓަރުގެ ސްކަވަރިންގ އޭޕްރަން ޖެހުން.
- 10 މޫރިންގ ބޮއި ހަރުކުރުން.
- 11 މީޓަރު 11 މީޓަރުގެ ރޭމްޕްއެއް ހެދުން.
- 6 ނެރު ބައްތި.
- 18 ބަނދަރު ބައްތި ޖެހުން.
- 2660 އަކަ މީޓަރުގެ ޕޭވްމަންޓް އެޅުން.
ފާތިމަތު ލިއުޝާ
ގދ. ނަޑެއްލާ
ގދ. ނަޑެއްލާ
ގދ. ނަޑެއްލާ