ގދ. ނަޑެއްލާ އިން ގެއްލިގެން ހޯދަމުންދިޔަ މީހާ، ފަޅުރަށަކުން ފެނިއްޖެއެވެ.
ގެއްލިގެން ހޯދަމުންދިޔައީ ހދ. ނޮޅިވަރަމް/ ސުހާނީ، އާދަމް އިބްރާހިމް (34އ) އެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވަނީ، އިއްޔެ މެންދުރުފަހު 2:00 ހާއިރު ނަޑައްލާއަށް ކައިރިކުރި "އިތުބާރު" ނަމަކަށް ކިޔާ ދޯނިން އެ ރަށަށް އާދަމް އިބްރާހިމް ފޭބުމަށްފަހު އެނބުރި ދޯންޏަށް އައިސްފައިނުވާ ކަމަށެވެ. އަދި އޭނާގެ އެއްވެސް ހަބަރެއް ނުވެގެން އެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރީ ރޭ 10:25 އެހާކަންހާއިރު ކަމަށް ބުނެފައިވެއެވެ.
ފުލުހުން މިއަދު ބުނީ ނަޑެއްލާއިން ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން ހޯދަމުންދިޔަ އާދަމް އިބްރާހިމް ފެނިފައިވާ ކަމަށާއި އޭނާ ފެނިފައިވަނީ މިއަދު ހަވީރު 4:45 ހާއިރު ނަޑެއްލާ ކައިރީ އޮންނަ ފަޅުރަށަކުން ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ.
އޭނާ ހޯދުމަށް ކުރި މަސައްކަތުގެ ތެރެއިން، ފުލުހުންގެ ޓީމެއް ރޭ ނަޑައްލާއަށް ގޮސް، ރަށުތެރެއާއި އެ ރަށް ކައިރީގައިވާ ފަޅު ރަށްތައްވެސް ބަލާފައިވެއެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް