އއ. މާޅޮހުގައި އަނިޔާވެރިކޮށް މަރާލައިފައި އޮއްވައި ފެނުނު އެ ރަށު އޯކިޑްމާގޭ އަބްދުއްރަހުމާނު އާދަމް 65އ ގެ ޕޯސްޓްމޯޓަމް ހަދަން އޭނާގެ ހަށިގަނޑު މާލެ ގެނެސްފިއެވެ.
ފުލުހުންގެ ލޯންޗެއްގައި އަބްދުއްރަހުމާންގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. ޕޯސްޓްމޯޓަމް ހެދުމަށް ގެންދިޔަ އާދަމް މުހައްމަދުގެ ހަށިގަނޑާ އެކު އާއިލާގެ ބައެއް މީހުންވެސް މާލެ ދިޔައެވެ.
ޕޯސްޓްމޯޓަން ހެދުމުގެ ކުރިން އޭނާގެ ހަށިގަނޑު ފުރަތަމަ ގެންދާނީ މޯޗަރީއަށް ކަމަށް ބެލެވެއެވެ. ނަމަވެސް ފުލުހުން އެކަމާ އިތުރު ބަހެއް ބުނެފައިނުވާތީ، އެކަން ކަށަވަރުކުރެވޭ ގޮތް ވަނީ ނުވެފައެވެ.
ފުލުހުން މިއަދު ބުނީ ތަހުގީގަށް ބޭނުންވާ ތަހުލީލުތައް ހެދުމަށް އަބްދުއްރަހުމާންގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށްވެސް ނިންމާފައިވާ ކަމަށެވެ.
އަބްދުއްރަހުމާނަށް ހަމަލާ ދީފައިވަނީ އޭނާ ދިރިއުޅޭ މާހިޔާ ގޭގައި ނިދާފައި އޮއްވައެވެ.
މާހިޔާގޭގައި ނިދާފައި އޮއްވާ އަބްދުއްރަހީމަށް ހަމަލާދީފައިވަނީ ރޭ ފަތިހުއެވެ. ހަމަލާ ދީފައިވަނީ ބޮލަށް ކަން އެނގިފައިވެއެވެ.
އަބްދުއްރަހީމް އޮތްތަނަށް ގިނަ އަދަދެއްގެ ލޭ ފައިބައިފައިވާ އިރު، މި މައްސަލައިގައި އަދި މީހަކު ހައްޔަރެއް ނުކުރެއެވެ.
މަރުގެ މައްސަލަތައް
މަރުގެ މައްސަލަތައް
މަރުގެ މައްސަލަތައް