އއ. މާޅޮހުގައި އަނިޔާވެރިކޮށް މަރާލާފައި އޮތް މީހަކު ފެނިއްޖެ އެވެ.

މަރުވެފައިވަނީ އޯޑްމާގެ، މާޅޮސް، އަބްދުއްރަހުމާން އާދަމް (65އ) އެވެ.

ފުލުހުން މިއަދު ބުނީ އެ މީހާ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމެންދާކަމުގެ މައުލޫމާތު ރޭ ދަންވަރު ލިބުނު ކަމަށެވެ.

އެ މީހާގެ މަރުގެ މައްސަލަ ބެލުމަށް މާލެއިން ތަހުގީގު ޓީމެއް ވަނީ އެ ރަށަށް ފުރައިފައިކަމަށް ފުލުހުން ބުންޏެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ޒަހަމްތަކާ އެކު އެމީހާ ފެނިފައިވަނީ އޭނާ ނިދާ ކޮޓަރީގެ ތެރޭގައި އޮއްވައެވެ.