އެމެރިކާއިން ޔޫކްރޭނަށް އެއާ ޑިފެންސް ސިސްޓަމް ވިއްކަން ނިންމައިފިއެވެ.
މިކަން އިއުލާނުކުރެއްވީ، އެމެރިކާގެ އެންބީސީ ނިއުސްއަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެވެ.
ޓްރަމްޕް ވިދާޅުވީ، އެއާ ޑިފެންސް ސިސްޓަމްގެ އިތުރުން ހަތިޔާރުވެސް ވިއްކާން ނިންމާފައިވާކަމަށާއި ހުރިހާ އެއްޗެހި ދޭން ހަމަޖެހިފައިވަނީ ނޭޓޯ މެދުވެރިކޮށް ކަމަށެވެ. އެމެރިކާއިން ޔޫކްރޭނަށް ދޭ ހުރިހާ އެއްޗެއްސަކަށް ނޭޓޯއިން ފައިސާ ހަމަޖެހިފައިވާ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.
އެމެރިކާއިން ޔޫކްރޭނަށް ހަތިޔާރު ވިއްކަން ނިންމާފައި މިވަނީ ޔޫކްރޭނުގެ ރައީސް ޒެލެންސްކީ އާއި ޓްރަމްޕް ކުރިޔަށް ގެންދެވި މަޝްވަރާތަކަކަށްފަހު ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެމެރިކާއިން ޔޫކްރޭނަށް ދޭން ނިންމާފައިވާ އެއާ ޑިފެންސް ސިސްޓަމްގެ ތެރެއިން މިފަހަރު ވިއްކަން ހަމަޖެހިފައިވަނީ 10 ސިސްޓަމް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ބުރާސްފަތި ދުވަހު ނޫސްވެރީންނަށް މައުލޫމާތުދެއްވަމުން ޒެލެންސްކީ ވަނީ ހަތިޔާރަަށް ނޭޓޯއިން ފައިސާ ހަމަޖެހިފައިވާ ކަމަށާއި ނޭޓޯގެ ގައުމުތަކުގެ ތެރެއިން ޖަރުމަނުން ދެ ސިސްޓަމް އަދި ނޯވޭއިން އެއް ސިސްޓަމުގެ އިތުރުން ޔޫރަޕްގެ އެހެން ގައުމުތަކުން ވެސް އެހީ ލިބޭނެ ކަމަށް ފާހަގަކުރައްވައިފައެވެ.
މުހައްމަދު އައުޒަމް
ނިއުޒިލެންޑް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި