ޗެލްސީއަށް ކުޅެމުން އަންނަ އިންގްލެންޑްގެ ވިންގް، ނޮނީ މަޑުއޭކޭ އާސެނަލަށް ދާން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް އިތުބާރު ނޫސްތަކުން ޔަގީން ކޮށްދީފިއެވެ.
ބީބީސީ ސްޕޯޓްސްއިން ބުނީ ޗެލްސީ ދޫކޮށް އާސެނަލަށް ބަދަލުވާން މަޑުއޭކޭ ކްލަބާއެކު އެއްބަސްވެފައިވާ ކަމަށެވެ. އަދި މިވަގުތު ދެ ކްލަބުން އަގަކާމެދު މަޝްވަރާކޮށް، އަގެއް ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ބީބީސީ ސްޕޯޓްސްއިން ބުނެފައިވެއެވެ. ހަބަރުތައް ބުނެފައި ވަނީ ދެ ކްލަބުން އެއްބަސްވާ އަގަކީ 50 މިލިއަން ޕައުންޑް ކަމަށެވެ.
އުމުރުން 23 ގެ މަޑުއޭކޭ މިވަގުތު ޗެލްސީއާއެކު ކްލަބު ވޯލްޑް ކަޕު ކުޅެމުން އަންނަ އިރު، އެޓީމުން މުބާރާތުގެ ފައިނަލަށް ނުކުންނާނީ އާދީއްތަ ދުވަހުގެ ރޭ ޕީއެސްޖީއާ ދެކޮޅަށެވެ. ބެލެވޭ ގޮތުގައި މަޑުއޭކޭ އާސެނަލަށް ބަދަލުވާން ނިންމާނީ އެ މެޗަށްފަހުއެވެ.
މަޑުއޭކޭ، ޕީއެސްވީން ޗެލްސީއާ ގުޅުނީ 2023 ވަނަ އަހަރު ޖެނުއަރީ މަހުގައެވެ. އެ ކްލަބާ ގުޅުނު ފަހުން އޭނާ ވަނީ 92 މެޗު ކުޅެފައެވެ. މަޑުއޭކޭ ޗެލްސީއަށް 20 ގޯލު ޖަހައިދީފައިވާ އިރު، އޭނާއަކީ ކުރިން ޓޮޓެންހަމްގެ އެކަޑީގައިވެސް ދުވަސްތަކެއް ހޭދަކުރި ކުޅުންތެރިއެކެވެ.
މުޙައްމަދު ޝަމްޢޫން
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް