2020 އިން ފެށިގެން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް މޫދުގެ ހާދިސާތަކުގައި 112 ފަތުރުވެރިން މަރުވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން އެ މައުލޫމާތު ހާމަކުރީ، މޫދުގެ ހާދިސާތަކުގައި މިދިޔަ ހަތަރު އަހަރު މަރުވެފައިވާ ފަތުުރުވެރިންގެ އަދަދެއް ހޯދަން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް، މިދިޔަ އަހަރުގެ ނޮވެމްބަރު ފުލުހުންނަށް ފޮނުވާފައިވާ ސިޓީއަށް ޖަވާބުދެއްވަމުންނެވެ.
"ވަން"އަށް ލިބިފައިވާ އެ ސިޓީގެ ކޮޕީގައިވާ ގޮތުން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން މަރުވެފައިވަނީ މިދިޔަ އަހަރުއެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރުގެ ނިޔަލަށް 34 ފަތުރުވެރިން މޫދުގެ ހާދިސާތަކުގައި މަރުވެފައިވެއެވެ.
މިިދިޔަ ހަތަރު އަހަރު އެންމެ ގިނަ ފަތުުރުވެރިން މަރުވެފައިވަނީ ގެނބިގެންނެވެ. ޖުމުލަ 68 ފަތުރުވެރިން ގެނބިގެން މަރުވެފައިވާ އިރު، މިދިޔަ އަހަރު އެކަނިވެސް 21 ފަތުރުވެރިން ވަނީ ގެނބިގެން މަރުވެފައެވެ. ޑައިވިން ނުވަތަ ސްނޯކްލިންއަށް ގޮސް އުޅެނިކޮށް 42 ފަތުރުވެރިން ވަނީ މަރުވެފައެވެ.
މިދިޔަ ހަތަރު އަހަރު ފަތުރުވެރިން މަރުވި އަދަދު:
- 2020 - 9 މީހުން
- 2021 - 19 މީހުން
- 2022 - 22 މީހުން
- 2023 - 28 މީހުން
- 2024 އޮކްޓޫބަރުގެ ނިޔަލަށް - 34 މީހުން
ފުލުހުން ފޮނުވާފައިވާ އެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ސްނޯކްލިން ނުވަތަ ޑައިވިނަށް ގޮސް އުޅެނިކޮށް ކަނޑުގައި ދުއްވާ އުޅަނދެއްގައި ޖެހިގެން ނުވަ މީހަކަށް އަނިޔާވެ އެކަކު ވަނީ މަރުވެފައެވެ.
އާއިޝަތު މާހާ
ފަތުރުވެރިން
ފަތުރުވެރިން
ފަތުރުވެރިން